ގަން ކައުންސިލް އިދާރާ ކައިރި ހުރި ކުނިގޮނޑެއްގައި ރޯވި އަލިފާން ނިއްވާލައިފި
Gan Councin idhaaraa kairi huri kunigondehgai roavi alifaan nihvaalaifi

ލ. ގަން، ކައުންސިލް އިދާރާ ކައިރީގައި ހުރި ކުނިގޮނޑެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ. ކައްދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވެ ކާމިޔާބުކަމާއެކު ނިއްވާލައިފިއެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކައްދޫ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު މެންދުރު 12:30 ހާއިރުއެވެ. މައުލޫމާތު ލިބުމާއެކު، ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ އޮޕަރޭޝަން ފަށާފައެވެ.
ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައިވަނީ މިއަދު މެންދުރުފަހު 13:05 ހާއިރުއެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.




