ހިތަދޫ ބަނދަރުގައި އުޅަނދުފަހަރު އެޅުމުގައި އަމަލުކުރަންވީ އުސޫލު ކައުންސިލުން އާންމުކޮށްފި

Hithadhoo bandharugai ulhandhu faharu elhumugai amalukuranvee usoolu councilun aanmukohffi

ހައްދުންމަތީ ހިތަދޫ ބަނދަރުގެ އެއްގަމު ތޮށީގައްޔާއި ހުޅަނގުކޮޅުގައި ކަނޑުއުޅަނދުފަހަރު އެޅުމާ ގުޅޭގޮތުން އަމަލުކުރަންވީ އުސޫލު އެ ރަށު ކައުންސިލުން އާންމުކޮށް އިއުލާނުކޮށްފިއެވެ.

ހިތަދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބަނދަރުގެ އެއްގަމު ތޮށީގައި ކަނޑުއުޅަނދުގެ ގޮތުގައި ބޭނުންކުރާ އެންމެހައި އުޅަނދުފަހަރު (މަސްދޯނި، ލޯންޗު، ޑިންގީ އަދި ފެރީ ދޯނި ފަދަ އުޅަނދުތައް) އަޅަންވާނީ ބަނދަރުގެ އުތުރުން ދެކުނަށް އުޅަނދުފަހަރު ދިގަށްވާ ގޮތަށެވެ. އަދި ބަނދަރުގެ ހުޅަނގުކޮޅުގައި މިފަދަ އުޅަނދުތައް އަޅަންވާނީ އިރުން ހުޅަނގަށް، އުޅަނދު ދިގަށްވާ ގޮތަށެވެ.

ކައުންސިލުން ފާހަގަކުރި ގޮތުގައި، މިގޮތަށް އުޅަނދުފަހަރު އެޅުމަށް ހަމަޖެއްސީ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުންނެވެ. އަދި މި އުސޫލަށް އަމަލުކުރުމަކީ ބަނދަރު ބޭނުންކުރާ އެންމެހައި ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުއިފަސޭހައެއް ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments