މައްކާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން ހިތުން ކިޔެވުމުގެ މުބާރާތުގައި ރާއްޖޭގެ ފާތިމަތު ސާޔާ 4 ވަނަ ހޯދައިފި

Makka gai beyvvi dhuniyege emme bodu Quran hithun kiyevumge mubaaraathugai raajjeyge fathimath saaya 4 vana Hoadhaifi

މައްކާގައި ބާއްވާ ގުރުއާން ކިޔެވުމުގެ ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައި ރާއްޖެ ތަމްސީލްކުރި ފާތިމަތު ޝާޔާ ޒާހިރު ހަތަރު ވަނަ ހޯދައިފި އެވެ. އެ މުބާރާތުގެ ވަނަތައް ހޮވަން ރޭ ބޭއްވި ހަފުލާގައި ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ 46 އަހަރު ވަންދެން ބޭއްވި މުބާރާތުގައި އަންހެން ކުދިން ބައިވެރިވި ފުރަތަމަ ފަހަރު ކަމަށެވެ. އެ މުބާރާތުގައި މީގެ ކުރިން އަންހެން ކުދިންގެ ގޮތްޕެއް ނޯވެ އެވެ.ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް ގުރުއާން މުބާރާތް” ގެ ނަމުގައި ބާއްވާ މުބާރާތުން، މުޅި ގުރުއާން ހިތުން ކިޔެވުމުގެ ގޮފިން ހަތަރު ވަނަ ލިބުނި ޝާޔާއަށް އިނާމަކަށް 170،000 ރިޔާލް (699،262ރ.) ލިބިފައިވެ އެވެ.

ގުރުއާން ކިޔެވުމުގެ ބޮޑު މުބާރާތުން ޝާޔާއަށް ވަނައެއް ލިބުމަކީ ރާއްޖެއަށް ލިބުނު ޝަރަފެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

އެ މުބާރާތުގައި 133 ގައުމަކުން 334 މީހުން ބައިވެރިވި އެވެ.

އެ މުބާރާތުގެ ވަނަތަކަށް އިނާމު ދިނުމަށް ރޭ ބޭއްވި ހާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ޕްރިންސް ސުއޫދު ބިން މިޝްއަލް ބިން އަބްދުލްއަޒީޒެވެ. އެ ޖަލްސާގައި ސައުދީ އިސްލާމިކް މިނިސްޓަރު ޝައިހް ޑރ. އަބްދުއްލަތީފް ބިން އަބްދުލްއަޒީޒް އާލް ޝައިހް އަދި ހަރަމްފުޅުގެ އިމާމު ޝައިހް ޑރ. އަބްދުއްރަހުމާން އައްސުދައިސް ބައިވެވަޑައިގަތެވެ.

ނުވަ އަހަރުގައި ގުރުއާން ހިތުދަސްކުރި ޝާޔާ ވަނީ މީގެ ކުރިން ވެސް ބޭރުގެ ބައެއް މުބާރާތްތަކުން ވެސް ރަން ވަނަތައް ހޯދައިފަ އެވެ. އޭގެ ތެރެއިން މިސްރުގައި 2023 ވަނަ އަހަރު ބޭއްވި މުބާރާތުން ދެ ވަނަ ހޯދުން ހިމެނެ އެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments