ކަލައިދޫ މުލުގަނޑުކޮޅު ޕިކްނިކް އޭރިއާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަނީ
Kalaidhoo mulugandu kolhu picnic area saafukoh balahaitaidheyne faraatheh hoadhanee

ހައްދުންމަތީ ކަލައިދޫގެ ‘މުލުގަނޑުކޮޅު’ ޕިކްނިކް އޭރިއާ ކޮންޓްރެކްޓް އުސޫލުން ދެ އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކަލައިދޫ ކައުންސިލް އިދާރާއިން އިއުލާނުކޮށްފިއެވެ.
ކަލައިދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ސެޝަން އޮންނާނީ 27 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި އެ އިދާރާގެ މީޓިންގ ރޫމުގައެވެ. މި މަސައްކަތަށް ކުރިމަތިލުމަށްޓަކައި މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމަކީ ލާޒިމު ކަމެކެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 02 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 އެވެ. އަންދާސީ ހިސާބު ބަލައިގަތުން ވެސް އޮންނާނީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހިގެން ހުށަހަޅާ ބިޑުތައް ބަލައިނުގަންނާނެ ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ. މީގެއިތުރުން ހުށަހަޅަންޖެހޭ ލިޔުންތަކާއި މައުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލުކުރެވޭނެއެވެ.
ބިޑު އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އަގަށް ބަލައިގެންނެވެ. އެގޮތުން ހުށަހަޅާ އެންމެ ރަނގަޅު އަގަށް ޖުމްލަ 100 ޕޮއިންޓް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މި އިއުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކަލައިދޫ ކައުންސިލް އިދާރާގެ ފޯނު ނަންބަރު 6800730 އަށް ގުޅުއްވުމަށް ކައުންސިލުން އެދެއެވެ.




