އެފް.އޭ.އެމް އަތޮޅު ފުޓްސަލް މުބާރާތް 2026: ލ. އަތޮޅު ބުރު ގަމުގައި ފަށަނީ

FAM Atholhu Futsal Mubaaraai 2026: L. Atholhu buru L Gamugai Fashanee

ލ. އަތޮޅު ބުރު ގަމުގައި ފަށަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ “އެފްއޭއެމް އަތޮޅު ފުޓްސަލް މުބާރާތް 2026” ގެ ލ. އަތޮޅު ބުރުގެ ކުޅުން އެ އަތޮޅު ގަމުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މުޅި އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ މި ފަހަރުގެ ބުރުގައި ވާދަކުރަނީ ޖުމްލަ 3 ޓީމެކެވެ. އެއީ ލ. ގަން، ލ. ފޮނަދޫ އަދި ލ. އިސްދޫ އެވެ. މުބާރާތް ހުޅުވާ ފޯރިގަދަ ފުރަތަމަ މެޗުގައި ސެޕްޓެމްބަރ 3 ވާ ދުވަހު ބައްދަލުކުރާނީ ވާދަވެރި ދެ ޓީމު ކަމަށްވާ ލ. ގަމާއި ލ. ފޮނަދޫ އެވެ. މުބާރާތުގެ ފޯރި އިތުރަށް ގަދަވެގެންދާނީ ފުޓްސަލްގައި ފާހަގަކޮށްލެވޭ ވަރުގަދަ އިސްދޫ ޓީމުވެސް މި މުބާރާތުގައި ވާދަކުރާތީއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކުރެވިފައިވަނީ ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ. އަތޮޅުގެ އެންމެ ވަރުގަދަ ތިން ޓީމު ވާދަކުރާތީ، މިއީ ވަރަށް ވާދަވެރި އަދި އެހާމެ ފޯރިގަދަ މުބާރާތަކަށް ވާނެ ކަމަށް ސަޕޯޓަރުން އުއްމީދުކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments