ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ސިކްސް ސެންސަސް ލާމު ރިޒޯޓަށް ތަޖުރިބާ ދަތުރެއް ބާއްވައިފި
Gamu anhenunge tharahqee ah mashahkaikuraa commitieege faraathun six senses laamu resortah thajuribaa dhathureh baahavifi

ލ. ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ކުރިއަށް ގެންދިޔަ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގުރާމުގެ ބައިވެރިންނަށް ޚާއްޞަކޮށްގެން ސިކްސް ސެންސަސް ލާމު ރިޒޯޓަށް ތަޖުރިބާ ދަތުރެއް ކުރިއަށް ގެންގޮސްފިއެވެ.
މި ދަތުރަކީ ކޮމިޓީން ހިންގި ދަނޑުވެރިން ތަމްރީނު ކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވެ، މައިކްރޯ ގްރީންސް ކިޓް ލިބުނު ފަރާތްތަކަށް މައިކްރޯ ގްރީންސް ހައްދާ ގޮތުގެ އިތުރު މަޢުލޫމާތާއި ތަޖުރިބާ ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ދަތުރެކެވެ.

މި ދަތުރުގެ ތެރެއިން ބައިވެރިންނަށް މައިކްރޯ ގްރީންސް ހައްދާނެ ގޮތްތަކުގެ އިތުރުން، ސިކްސް ސެންސަސް ލާމު ރިޒޯޓުގައި ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ތަފާތު މަސައްކަތްތައް ވަނީ ބަލައިލުމުގެ ފުރުޞަތު ދީފައެވެ. އަދި ގަސްކާނާ ނުވަތަ ކޮމްޕޯސްޓު ތައްޔާރުކުރާނެ ގޮތުގެ މަޢުލޫމާތު ދީ، އެ މަސައްކަތް ކުރިއަށްދާ ގޮތްވެސް ބައިވެރިންނަށް ވަނީ ދައްކާލާފައެވެ.
ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ މިފަދަ އަގުހުރި ފުރުޞަތެއް އެ ކޮމިޓީއަށާއި ތަމްރީނުގެ ބައިވެރިންނަށް ފަހިކޮށްދެއްވި ކަމަށްޓަކައި ސިކްސް ސެންސަސް ލާމު ރިޒޯޓުގެ މެނޭޖްމަންޓަށް ޝުކުރު އަދާކޮށްފައެވެ.




