ފުޓުބޯޅަ ”ލެޖެންޑު“ ޖޭޖޭ އޮކޯޗާ އާއެކު ލާމަށް އައުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އުރީދޫން ފަށައިފި

ޕީ.އެސް.ޖީގެ ތަރި، ނައިޖީރިއާގެ ޤައުމީ ޓީމުގެ ”އައިކަން“ އަދި ފުޓުބޯޅަ ލެޖެންޑު ޖޭޖޭ އޮކޯޗާ އުރީދޫ ”ފަންރަން“ ގައި ބައިވެރިވުމަށް ލާމަށް އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، ޖޭޖޭ އޮކޯޗާ އާ އެކު ލާމަށް އައުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށް އުރީދޫ މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.

”ވިން އަ ޓްރިޕް ޓު ލާމު“ ގެ ނަމުގައި، މި ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖޫން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ފަސޭހަ ބްރޯޑުބޭންޑު 5ޖީބީ އެއަރ ފައިބަރ އަދި ޕޯސްޓްޕެއިޑާއި ޕްރިޕެއިޑު ލަކީޑްރޯ އަޕްގުރޭޑް ކުރާ ފަރާތްތަކަށް މި ޕްރޮމޯޝަންގައި،  އިތުރު މަސައްކަތެއްނުކޮށް ބައިވެރިވެވޭނެ ކަމަށް އުރީދޫން މަޢުލޫމާތު ދެއްވައެވެ. އަދި މި މުއްދަތުގައި އަލަށް އުރީދޫ މޯލްޑިވްސް އާ ގުޅޭ ކަސްޓަމަރުންނަށް ވެސް، ”އޮޓޮމެޓިކޮށް“ މި ޕްރޮމޯޝަނުގައި ބައިވެރި ވެވޭނެ ކަމަށް އުރީދޫން ވިދާޅުވެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރި ވެގެން ގުރުއަތުން ހޮވޭ ދެ ނަސީބުވެރިންނަށް، ލާމަށް އައިސް ޖޭޖޭ އޮކޯޗާ އާ ބައްދަލު ކުރުމުގެ ފުރުޞަތު ލިބުމުގެ އިތުރުން އުރީދޫ ފަންރަން ގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވެސް އުރީދޫޫން މަޢުލޫމާތު ދެއްވައެވެ.

އުރީދޫ ”ފަންރަން“ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހު ލ.ގަމުގައެވެ. އުރީދޫ ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓްރީ ވެވޭ މި ދުވުމުގައި، ރަޖިސްޓްރީވުމަށް ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments