މާބައިދޫ ގައްޑާ ބީޗް ތަރައްޤީކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި

Maabaidhoo gadda beach tharahqeekoh balahahtaadheyne faraatheh hoadhumah iulaanukohffi

ހައްދުންމަތީ މާބައިދޫއާ ގުޅިފައިވާ ގޮއެފާލައްބަ ހިންނެއެއް ކަމުގައިވާ ދުރުދަނޑޫގައި ތަރައްޤީކުރަން ފަށާފައިވާ ގައްޑާ ބީޗް ކުއްޔަށް ނަގައި، 5 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މާބައިދޫ ކައުންސިލުން އިއުލާނުކޮށްފިއެވެ.

މާބައިދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމާއި މައުލޫމާތު ކަރުދާސް އިއުލާނާއެކު ގެޒެޓްކޮށްފައިވާއިރު، ކައުންސިލްގެ ކައުންޓަރުންވެސް މި ލިޔެކިޔުންތައް ލިބެން ހުންނާނެއެވެ.

ބީލަމުގައި ރަޖިސްޓްރީވުމާއި ބިޑް ހުށަހެޅުން

ބިޑް ރަޖިސްޓްރީކުރުމުގެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރު މަހުގެ 6 ވާ އާދީއްތަ ދުވަހުގެ 13:30 އަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް 250 ރުފިޔާގެ ފީއެއް ދައްކަންޖެހޭއިރު، ކައުންސިލްގެ ރެވެނިއު އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު ސްލިޕާއި ފޯމު [email protected] އަށް މެއިލްކުރަންޖެހެއެވެ.

ބީލަން ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މާބައިދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ ބިޑްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބިޑެއް ބަލައިނުގަނެވޭނެއެވެ.

މި ބީލަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން މާބައިދޫ ކައުންސިލްގެ ނަންބަރު 6800897 އަށް ގުޅުއްވުމަށް ނުވަތަ މެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރެއްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted