ރިވެލި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

Riveli award ah kurimathilumuge muhdhathu ithurukohffi

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ފަރާތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، މިދާއިރާގައި މަސައްކަތް ކުރާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ ރިވެލި އެވޯޑަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މިއެވޯޑަށް ކުރިމަތިލުމުގެ އައު ސުންގަޑިއަކީ 17 ސެޕްޓެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އެވެ.

ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީދިނުމުގެ ޤާނޫނާއި، އެފަރާތްތަކަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ “އޯގާތެރި މުޖުތަމަޢު”ގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ހިންގާ މުހިންމު ޤައުމީ ހަރަކާތެކެވެ. މި އެވޯޑު ދިނުމުގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ޚިދުމަތްތައް ފާހަގަކުރުމެވެ.

އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް

މި ފަހަރުގެ ރިވެލި އެވޯޑު ޖުމްލަ 6 ކެޓަގަރީއަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:

  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
  • ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތައް
  • ތަޢުލީމީ ދާއިރާ
  • އަމިއްލަ ޖަމުޢިއްޔާތައް
  • ފަންނީ އަދި ފަރުދީ އެހީތެރިކަން ދޭ ފަރާތްތައް
  • އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވާ ކުންފުނިތައް

މި އެވޯޑުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާއި ބެހޭގޮތުން އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެ، އެފަރާތްތަކުގެ އަމިއްލަ މިނިވަންކަމަށް މަގުފަހިވެގެންދާނެ ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖުތަމަޢުގައި ތިބި ޤާބިލު ބައެއްކަން ހާމަވެ، ތަފާތުކުރުންތައް ކުޑަކުރެވިގެންދާނެއެވެ.

ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފޯމާއި އުޞޫލުތައް އެ ވުޒާރާގެ ކައުންޓަރުންނާއި، ވެބްސައިޓް (health.gov.mv) ގެ އިތުރުން އަތޮޅުތަކުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުން ލިބެން ހުންނާނެއެވެ. ފުރިހަމަކޮށްފައިވާ ފޯމުތައް ވުޒާރާގެ ކައުންޓަރަށް ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments