އިންޖިނިއަރިން ދާއިރާއިން މީހުން ބިނާކުރުމަށް އެސްޓީއޯއިން ދެ ސްކޮލާޝިޕް ތައާރަފުކޮށްފި

Engineering dhaairaain meehun binaakurumah STO in dhe scholarship thaarafkohffi

ރާއްޖޭގައި ފާހަގަކުރާ ގައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން، އިންޖިނިއަރިން ދާއިރާއިން ދިވެހިން ތަމްރީނުކޮށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާއްސަ ދެ ސްކޮލާޝިޕެއް މިއަދު އިފްތިތާހުކޮށްފިއެވެ.

މި ދެ ސްކޮލާޝިޕް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މަހުމޫދު ޝައުގީ އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމެވެ. އެސްޓީއޯއިން އަލަށް ތައާރަފުކުރި މި ސްކޮލާޝިޕްތަކަކީ ކޮންކްރީޓް ޓެކްނޮލޮޖީ އަދި އެލެވޭޓާ އިންސްޓޯލޭޝަންގެ ދާއިރާއިން ހާއްސަވުމަށް ހުޅުވާލި ފުރުސަތުތަކެކެވެ.

ކޮންކްރީޓް ޓެކްނޮލޮޖީ އަދި އެލެވޭޓާ އިންސްޓޯލޭޝަން

ތައާރަފުކުރެވުނު ފުރުސަތުތަކުގެ ތެރެއިން ކޮންކްރީޓް ޓެކްނޮލޮޖީގެ ދާއިރާއިން ސްޕެޝަލައިޒްވުމުގެ ފުރުސަތު ހާއްސަކޮށްފައި ވަނީ އިންޖިނިއަރިން ދާއިރާއިން ފުރަތަމަ ޑިގްރީ (އަންޑަގްރެޖުއޭޓް) ހާސިލުކޮށްފައިވާ ފަރާތްތަކަށެވެ. މިއީ ރާއްޖެއިން ބޭރުގެ ޔުނިވާސިޓީއަކުން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

މީގެއިތުރުން، ދުނިޔޭގެ މަޝްހޫރު “ކޯނޭ” ބްރޭންޑުގެ އެލެވޭޓަރު ރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ މައި ކުންފުންޏަކީ އެސްޓީއޯ ކަމަށްވާތީ، މި ދާއިރާއިން ފަންނީ ދިވެހިން އުފެއްދުމަށްވެސް ވަނީ ހާއްސަ ފުރުސަތެއް ހުޅުވާލާފައެވެ. އެގޮތުން ދެވަނަ ސްކޮލާޝިޕްގެ ގޮތުގައި ތައާރަފުކުރީ، “ކޯނޭ އެކަޑަމީ” އާ ގުޅިގެން އެލެވޭޓާ އިންސްޓޯލްކުރުމުގެ ދާއިރާއިން ތަމްރީނުވުމަށް ދެވޭ ފުރުސަތެކެވެ.

އެސްޓީއޯއިން ހާމަކުރި ގޮތުގައި މި ސްކޮލާޝިޕްތަކުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އިމާރާތްކުރުމާއި އިންޖިނިއަރިން ދާއިރާއަށް ބޭނުންވާ ފަންނީ ގާބިލު ދިވެހިން ބިނާކުރުމާއި، މި ދާއިރާތަކުން ދިވެހި ޒުވާނުންނަށް ކުރިއަށްދިއުމުގެ މަގު ފަހިކޮށްދިނުމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments