ރާސް ޗެމްޕިއަންޝިޕްގެ ފަރިތަކުރުންތަކަށް ވަކި ވަގުތުތަކެއްގައި މަގު ވަކި މަގެއް ބަންދުކުރަނީ

Raas championshipge farithakurun thalah vaki vaguthuthakehgai gamuge vaki mageh bandhukuruanee

ސެޕްޓެމްބަރު މަހުގެ 18 އިން 19 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރާސް ޗެމްޕިއަންޝިޕްގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްޓަކައި، ވަކި ވަގުތުތަކެއްގައި މަގު ބަންދުކުރުމަށް ނިންމައިފިއެވެ.

ގަމު ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މުބާރާތުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހުއެވެ. މި ދުވަސްތަކުގެ މެންދުރުފަހު 14:00 އިން 16:00 އަށް، އާރު.ޑީ.ސީ (RDC) އޮފީހުން ފެށިގެން މަގުކޮޅާ ހަމައަށް މަގު ބަންދުކުރެވޭނެއެވެ.

މި ހަރަކާތަކީ މެޝިންލޭންޑްސް ކޮލެޖް ކައުންސިލާ ވެސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. ކައުންސިލުން ވަނީ މިކަމާ ގުޅޭ މަޢުލޫމާތު އެންމެހައި ރައްޔިތުންގެ ސަމާލުކަމަށްޓަކައި ހިއްސާކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments