އެފްއޭއެމް ފުޓްސަލް ލ. އަތޮޅު ރައުންޑް ފަސްކުރުމުން ޓީމުތަކުގެ ކަންބޮޑުވުން އިންތިހާއަށް

FAM Futsal L Atholhu Round Faskurumun Team thakuge Kanboduvun Inthihaa Ah

މި މަހުގެ 3 ވަނަ ދުވަހު ފެށުމަށް ތާވަލުކުރި އެފްއޭއެމް ފުޓްސަލް މުބާރާތުގެ ލ. އަތޮޅު ރައުންޑް ކުއްލި ގޮތަކަށް ފަސްކުރުމާ ގުޅިގެން، މުބާރާތުގައި ވާދަކުރާ ޓީމުތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށް ނޫސް ބަޔާން ނެރެފިއެވެ.

މި މައްސަލައިގައި ލ. ގަމު ފުޓްސަލް ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެއްވެސް އެކަށީގެންވާ ސަބަބެއް އެންގުމެއް ނެތި ކުއްލި ގޮތަކަށް މުބާރާތް ފަސްކުރުމަކީ އެފްއޭއެމްގެ ބޮޑު އިހުމާލެއް ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން ޓީމުތަކަށް މާލީ ގޮތުންނާއި އިދާރީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ޓީމުން ފާހަގަކޮށްފައިވެއެވެ.

ގަމު ޓީމުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މުބާރާތަށް ތައްޔާރުވުމަށްޓަކައި އެތައް ޚަރަދެއް ކޮށްފައިވާއިރު، މުބާރާތް ފަސްވުމުގެ ސަބަބުން ކުޅުންތެރިންގެ ރިލީޒް މުއްދަތު ހަމަވުމުގެ ބިރު ވަނީ ހީވެފައެވެ. އަދި ވަޒީފާތަކުންނާއި އެކި ކަންކަމުން ޗުއްޓީ ނަގައިގެން މުބާރާތަށް އައިސް ތިބި ކުޅުންތެރިންނަށް މުބާރާތް ނުކުޅެ އަނބުރާ ދާންޖެހިދާނެ ކަމުގެ ކަންބޮޑުވުން ވެސް ވަނީ އުފެދިފައެވެ. މީގެ އިތުރުން ކުޅުންތެރިންގެ ކޭމްޕާއި އެކޮމޮޑޭޝަން ފަދަ ކަންކަމަށް ކޮށްފައިވާ ބޮޑެތި ޚަރަދުތައް ބޭކާރުވެގެންދާނެ ކަމަށް ވެސް ޓީމުތަކުން ބުނެއެވެ.

އެފްއޭއެމުން މި މުބާރާތް އިންތިޒާމު ކުރުމުގައި ޒިންމާދާރުކަން ކުޑަ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ގިނަ ޓީމުތަކަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި މިފަދަ ނިންމުންތަކުގެ ސަބަބުން އަތޮޅުތަކުގައި ފުޓްސަލް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ހުރަހެއް އެޅިގެންދާ ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.
މި މައްސަލައާ ގުޅިގެން އެފްއޭއެމްގެ ރަސްމީ ބަހެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted