އެފްއޭއެމް އަތޮޅު ފުޓްސަލް މުބާރާތުގައި އިސްދޫ ޓީމަށް ސަޕޯޓްކުރަން ދާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި
FAM atholhu futsal mubaaraathugai Isdhoo Team ah support kuran dhaan beynunvaa faraaithakah furusathu hulhuvaaalaifi

އެފް.އޭ.އެމް އަތޮޅު ފުޓްސަލް މުބާރާތުގައި ވާދަކުރާ ލ. އިސްދޫ ޓީމާއި ލ. ގަމު ޓީމު ބައްދަލުކުރާ މެޗަށް ސަޕޯޓްކުރުމަށް ދާން ބޭނުންވާ ފަރާތްތަކަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ.
އިސްދޫ ކައުންސިލުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، މި މެޗު ބަލައި ޓީމަށް ސަޕޯޓް ކުރުމަށް ދަތުރުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 9762719 ނަންބަރު ފޯނަށް ގުޅައިގެން ނަންނޯޓު ކުރުމަށް ވަނީ އެދިފައެވެ. އަދި ނަންނޯޓު ކުރުމުގެ އެންމެ ފަހު ވަގުތަކީ މިއަދު (08 ސެޕްޓެމްބަރު 2026) ގެ މެންދުރުފަހު 14:00 އެވެ.

މި ދަތުރުގައި ބައިވެރިވާ ސަޕޯޓަރުން ފުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 17:30 ގައެވެ.




