ރީ-ރަޖިސްޓަރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުކުރަނީ

Re-register nukuraa noos majallathakuge register baathilkuraneee

އުވާލެވިފައިވާ ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގަމުންދާ ނޫސް މަޖައްލާތައް، އައު ގަވާއިދުގެ ދަށުން ރީ-ރަޖިސްޓަރީ ނުކޮށްފިނަމަ އެ ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރާނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓީންގް ކޮމިޝަން (އެމްއެމްބީސީ) އިން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން ނެރުއްވި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމުގެ އައު ގަވާއިދުގައިވާ ގޮތުގެ މަތިން، ހަ މަސްދުވަހުގެ ތެރޭގައި އެފަދަ ވަސީލަތްތައް ރީ-ރަޖިސްޓްރީކޮށް ރެކޯޑުތައް އަދާހަމަކުރަން ޖެހެއެވެ.

ނޫސް މަޖައްލާތައް ރީ-ރަޖިސްޓަރީ ކުރުމަށް ދެވިފައިވާ އެންމެ ފަހުގެ ތާރީޚަކީ 27 އޮކްޓޯބަރު 2026 ކަމަށް އެމްއެމްބީސީން ހާމަކުރައްވައެވެ. އަދި ކަނޑައެޅިފައިވާ މި މުއްދަތު ހަމަވާއިރު ރީ-ރަޖިސްޓަރީކޮށް ރެކޯޑު އަދާހަމަނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓަރީތައް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބާތިލުކުރެވޭނެ ކަމަށް ވެސް ކޮމިޝަނުން ވަނީ އަންގާފައެވެ.

ދިވެހިރާއްޖޭގައި ހިންގާ ނޫސްތަކާއި މަޖައްލާތައް މީގެ ކުރިން ރަޖިސްޓްރީ ކުރަމުން އައީ ޔޫތު މިނިސްޓްރީގައި ކަމަށްވީ ނަމަވެސް، އެމްއެމްބީސީ އުފެދުމާއެކު މިފަދަ ވަސީލަތްތައް ރަޖިސްޓްރީ ކުރުމާއި އޭގެ ދަފުތަރު ބެލެހެއްޓުމުގެ އެންމެހައި މަސްއޫލިއްޔަތުތައް މިހާރު ވަނީ އެ ކޮމިޝަނާ ހަވާލުކުރެވިފައެވެ. އެހެންކަމުން، ގަވާއިދާ އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރެކޯޑުތައް އަދާހަމަކުރުމުގެ މަސައްކަތް ނިންމުމަށް ހުރިހާ ނޫސް މަޖައްލާތަކުގެ މަސްއޫލުވެރި ފަރާތްތަކަށް އެމްއެމްބީސީއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted