ގަމުގައި ބިލްބޯޑް ހަރުކުރުމަށް ތިން ސަރަހައްދެއް ކުއްޔަށް ދޫކުރަނީ

Gamugai billboard harukurumah thin sarhahdheh kuhyyah dhookuranee

ހައްދުންމަތީ ގަމުގައި ބިލްބޯޑް ހަރުކުރުމަށްޓަކައި ތިން ސަރަހައްދެއް ކުއްޔަށް ނަގާނެ ފަރާތްތައް ހޯދުމަށް ގަމު ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފިއެވެ.

ގަމު ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، މި ފުރުސަތަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެ، ބީލަމުގައި ރަޖިސްޓްރީވާން ޖެހެއެވެ. ބިޑް ޑޮކިއުމަންޓެއްގެ އަގަކީ 500 (ފަސްސަތޭކަ) ރުފިޔާއެވެ.

ބިޑް ފޮތް ގަތުމަށް ކަނޑައެޅިފައިވާ އެކައުންޓް ނަންބަރު 7707700315001 އަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު، އެ ސްލިޕް 7611515 އަށް ވައިބަރ ކުރުމުން ބިޑް ޑޮކިއުމަންޓް ހިއްސާކުރެވޭނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

މި ބީލަމަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ސެޕްޓެމްބަރ 2026 ވާ ދުވަހުގެ މެންދުރުފަހު 13:00 ގައި، ލ. ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމުގައެވެ. ކަނޑައެޅިފައިވާ ގަޑިއަށް ވުރެ ފަހުން އަންނަ ފަރާތްތަކަށް ބީލަމުގައި ބައިވެރިނުވެވޭނެ ކަމަށްވެސް އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ބީލަމާ ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން 24 ސެޕްޓެމްބަރ 2026 ގެ 12:00 އާ ހަމައަށް ގަމު ކައުންސިލަށް ހާޒިރުވެ ނުވަތަ 7611515 ނަންބަރަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް ގަމު ކައުންސިލުން ބުނެފައިވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted