އެފްއޭއެމް އަތޮޅު ފުޓްސަލް ޗެމްޕިއަންޝިޕްގެ ލާމު ފައިނަލް މެޗް ކެންސަލްކޮށްފި

FAM atholhu futsal championshipge laamu final mathch cancel kohffi

އެފްއޭއެމް އަތޮޅު ފުޓްސަލް ޗެމްޕިއަންޝިޕްގެ ލ. އަތޮޅު ފައިނަލް މެޗު މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.

ހައްދުންމަތީ އިސްދޫ ކައުންސިލުގެ އިދާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މިރޭ ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލް މެޗު ކެންސަލްކުރަން ޖެހުނީ މޫސުން ގޯސްވުމާއި ގުޅިގެން ކަމަށެވެ.

އިސްދޫ ކައުންސިލުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި މެޗު ދެން ކުޅޭނެ ވަކި ތާރީޚެއް ކަނޑައެޅުމުން އެކަން ރައްޔިތުންގެ މައުލޫމާތަށްޓަކައި އެ ކައުންސިލުން އިއުލާނު ކުރާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted