މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު 27 އިންސައްތަ އިތުރުވެއްޖެ

Mudhalu zakaathuge gothugai ibunu minvaru 27 insahthha ithuruvehjje

މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި 104.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެކެވެ.

މީރާއިން އާންމުކޮށްފައިވާ މިއަހަރުގެ އޮގަސްޓު މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން، އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ޖުމްލަ 104،465،702 ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 82،163،911 ރުފިޔާއެވެ. ނަމަވެސް، މިދިޔަ އޮގަސްޓު މަހު އެކަނި ލިބުނު 7 މިލިއަން ރުފިޔާއަކީ، މިދިޔަ އަހަރުގެ އޮގަސްޓު މަހު ލިބުނު 8 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.

މުދަލުގެ ޒަކާތަކީ ތިމާގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. މުދަލު ޒަކާތުގެ ނިޞާބަކީ އެ މިންވަރެއް މުދަލުގައި ހަމަވުމުން ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރު ކަމަށްވާއިރު، މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 19،266.10 ރުފިޔާއެވެ.

އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭއިރު، ރާއްޖޭގައި މި ޒަކާތް ބަލައިގަންނަނީ ދައުލަތުގެ ޓެކްސް އިދާރާ ކަމަށްވާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށް މުދަލު ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، ކޮންމެ މީހަކުވެސް ދައްކަންޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލައިލެވޭނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted