ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިދިޔަ މަހު 58 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

khassa eheeah beynuvaa meehunah midhiya mahu 58 millionah vure gina rufiyya dhookohffi

ނިމިދިޔަ މަހުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މާލީ އެހީގެ ގޮތުގައި 58 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 15،498 ފަރާތަކަށް ޖުމްލަ 58،368،000 ރުފިޔާ ވަނީ އެހީގެ ގޮތުގައި ދީފައެވެ. އަދި މި ދަފްތަރުގައި މިހާތަނަށް ޖުމްލަ 15،665 މީހަކު ރަޖިސްޓްރީވެފައިވާއިރު، އޭގެ ތެރޭގައި އަލަށް ރަޖިސްޓްރީ ކުރެވުނު 169 ފަރާތެއް ވެސް ހިމެނެއެވެ.

ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ތަފްސީލު

ދަފްތަރުގައި ހިމެނޭ އެކި އުމުރުފުރާތަކުގެ ތަފްސީލަށް ބަލާއިރު، 18 އަހަރުން ދަށުގެ 5،378 ކުދިން ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 1،640 އަންހެން ކުދިންނާއި 3،738 ފިރިހެން ކުދިންނެވެ. މީގެއިތުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ 7،944 މީހުން ހިމެނޭއިރު، އެއީ 3،889 އަންހެނުންނާއި 4،055 ފިރިހެނުންނެވެ. އަދި އުމުރުން 65 އަހަރުން މަތީގެ 2،343 މީހުން ރަޖިސްޓްރީވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 1،079 އަންހެނުންނާއި 1،264 ފިރިހެނުންނެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާ ހަމަޖައްސައިދިނުމުގެ ޕްރޮގްރާމުގެ ދަށުން ވެސް ބޮޑު ހޭދައެއް ކޮށްފައިވެއެވެ. އެގޮތުން މިދިޔަ މަހު 217 ފަރާތަކަށް ޖުމްލަ 8،132،665 ރުފިޔާ ގެ ހަރަދު ވަނީ ހަމަޖައްސައިދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted