ގަމުގައި ޕޯލްޓްރީ ފާމިންގ އަށް 4 ބިން ކުއްޔަށް ދޫކުރުމަށް އިޢުލާނުކޮށްފި
Gamugai poultry farming ah 4 bin kuhyah dhoookurumah iulaanukohffi

ހައްދުންމަތީ ގަމު މަތިމަރަދޫ އަވަށުން ޕޯލްޓްރީ ފާމިންގ މަސައްކަތަށް 4 ބިމެއް ކުއްޔަށް ދޫކުރުމަށްޓަކައި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ގަމު ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ.
ގަމު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވާގޮތުން، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 3230 އަކަފޫޓުގެ 3 ބިމަކާއި 4345 އަކަފޫޓުގެ ބިމެކެވެ. މި ބިންތައް ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ސެޕްޓެމްބަރ 2026 ވާ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެ، ބީލަމުގައި ރަޖިސްޓްރީވާން ޖެހޭނެއެވެ.
ބިޑް ޑޮކިއުމަންޓެއްގެ އަގަކީ ބިމަކަށް 500 (ފަސްސަތޭކަ) ރުފިޔާއެވެ. ބިޑް ފޮތް ގަތުމަށް ކަނޑައެޅިފައިވާ އެކައުންޓް ނަންބަރު (7707700315001) އަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު، ސްލިޕް 7611515 ނަންބަރަށް ވައިބަރ ކުރުމުން ބިޑް ޑޮކިއުމަންޓް ޙިއްޞާކުރެވޭނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.
ބީލަން ހުށަހެޅުން އޮންނާނީ 29 ސެޕްޓެމްބަރ 2026 ވާ ދުވަހުގެ މެންދުރުފަހު 13:00 ގައި ލ. ގަމު ކައުންސިލް އިދާރާގެ ސެމިނާރ ރޫމްގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ބައިވެރިނުވެވޭނެ ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
މި ބީލަމާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް 29 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 12:00 އާ ހަމައަށް ގަމު ކައުންސިލަށް ޙާޟިރުވެގެން ނުވަތަ 7611515 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.




