ދޯންޏަކުން ލަކުޑިފަތިތަކެއް ކަނޑަށް އެޅި އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

Dhoanyakun lakudifathithakeh kandah elhi oyaadhaathee samaaluvumah ilthimaaskohffi

ދޯންޏަކުން ލަކުޑިފަތިތަކެއް ކަނޑަށް އެޅި އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ބ. އޭދަފުށީގެ އިރުދެކުނުން 4 ނޯޓިކަލް މޭލު ބޭރުން ދޯންޏެއް އަރިއަޅައިލައި، އެ ދޯނީގައި ހުރި ލަކުޑިފަތިތަކެއް ކަނޑަށް އެޅި އޮޔާދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި ލަކުޑިފަތިތައް އޮޔާދާ ކަމަށް ލަފާކުރެވެނީ އިރުމައްޗަށް ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

އެހެންކަމުން، މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން ވަނީ އެދިވަޑައިގެންފައެވެ. ވަކިން ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން އިތުރަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted