އެގްރިބޯޓުގެ ދަތުރުތައް ފަށައިފި، ފުރަތަމަ ދަނީ ލާމަށް

AGRIboat ge dhathuruthah fashaifi, furatahama dhanee laamah

ރާއްޖޭގެ ދަނޑުވެރިންގެ އުފެއްދުންތައް އެއްރަށުން އަނެއް ރަށަށާއި މާލޭގެ ބާޒާރަށް ގެނައުމަށްޓަކައި، އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން ބަނދެފައިވާ އެގްރިބޯޓުގެ އޮޕަރޭޝަން ރަސްމީކޮށް ފަށައިފިއެވެ. މި ބޯޓުގެ ފުރަތަމަ ދަތުރު އަމާޒުކޮށްފައިވަނީ މާލެއިން ހައްދުންމައްޗަށެވެ.

މިހާރު ކުރިއަށްދާ ފުރަތަމަ އޮޕަރޭޝަންގައި ބޯޓު މަރުކަޒު ކުރުމަށް ހަމަޖެހިފައިވަނީ ހައްދުންމަތީގައެވެ. އަދި އެ އަތޮޅުގެ ދަނޑުވެރިން އުފައްދާ ތަކެތި ބަރުކޮށްގެން، މި މަހުގެ 21 ވަނަ ދުވަހު އެގްރިބޯޓު އެނބުރި މާލެ އައުމަށް ވަނީ ތާވަލުކުރެވިފައެވެ. މި ދަތުރުގައި ލ. ގަމުގެ ދަނޑުވެރިން ހައްދާ ކަރާ، ބަރަބޯ، ޕެޝަން ފްރުޓް، ފަޅޯ އަދި ކިއުކަމްބާ ހިމެނޭހެން ޖުމްލަ 11,200 ކިލޯގްރާމްގެ ދަނޑުވެރިކަމުގެ ބާވަތްތައް މާލެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

އެގްރިބޯޓުގެ އޮޕަރޭޝަން ފެށުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އަތޮޅުތަކުގައި ދަނޑުވެރިން އުފައްދާ ބާވަތްތައް، ދަތުރުފަތުރުގެ ހަރުދަނާ ނިޒާމެއްގެ ދަށުން މާލޭގެ ބާޒާރަށް ގެނެސްދިނުމާއެކު، ދަނޑުވެރިންގެ ބާޒާރު އިތުރަށް ތަރުތީބުކޮށް ފުޅާކުރުމެވެ.

އެގްރޯނެޓުން ކުރިއަށް ގެންދާ މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތައް ފުރިހަމަ ކުރެއްވުމަށް ހިންގާ ބޮޑު ޕްރޮގްރާމެއްގެ ބައެކެވެ. ރައީސްގެ ވަޢުދުތަކުގެ ތެރޭގައި ރާއްޖޭގައި ދަނޑުވެރިކަންކުރާ ހުރިހާ ރަށެއްގެ ދަނޑުވެރިންނާ އެކު ތަކެތި ގަތުމުގެ އެއްބަސްވުންތައް ޤާއިމުކުރުމާއި، ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރު ކުރުމަށް ލ. ބަރެސްދޫގައި މަޝްރޫޢެއް ހިންގުމުގެ އިތުރުން އއ. އަރިއަދޫގައި ރުއް އާލާ ކުރުމުގެ ޕްރޮގްރާމެއް ހިންގުން ހިމެނެއެވެ.

މީގެ އިތުރުން ހއ. މުލިދޫގައި ދަނޑުވެރިކަމުގެ ހަކަތައިގެ ބޮޑު މަޝްރޫޢަކާ ގުޅުވައިގެން އެގްރި ޓޫރިޒަމްގެ ވިޔަފާރި ފެށުމަށްވެސް އެގްރޯނެޓުން ދަނީ މަސައްކަތް ކުރަމުންނެވެ. ރައީސް ޑރ. މުޢިއްޒުގެ އިރުޝާދުގެ ދަށުން ބަރެސްދޫ އަދި އަރިއަދޫގައި ހިންގާ މަޝްރޫޢުތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެގްރި ޓޫރިޒަމަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ.

އެގްރޯނެޓުން ހާމަކޮށްފައިވާ ގޮތުގައި މި ހުރިހާ މަޝްރޫޢުތަކާ ގުޅޭ ތައްޔާރީ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. ދަނޑުވެރިކަމުގެ ސިނާޢަތު ހަރުދަނާކޮށް، ދަނޑުވެރިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެގްރިބޯޓުގެ ދަތުރުތައް ފެށިގެން ދިއުމަކީ ދިވެހި ދަނޑުވެރިންނަށް ލިބިގެންދިޔަ ބޮޑު ފަސޭހައެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted