ގަމުގައި ބޭއްވި ރޭސިންގ މުބާރާތުގައި އަނިޔާވި ޒުވާނާ އިތުރު ފަރުވާއަށް މާލެގެނެސްފި

Gamugai beyvvi racing mubaaraathugai aniyaavi zuvaanaa ithuru faruvaa ah Male' genessfi

ލ. ގަމުގައި ކުރިއަށް ގެންދިޔަ ”ރާސް ޗެމްޕިއަންޝިޕް – ލާމު އެޑިޝަން“ ރޭސިންގ މުބާރާތުގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓި އަނިޔާވި 20 އަހަރުގެ ޒުވާނާގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ގަމުގައި ކުރިއަށްދިޔަ މި ރޭސިންގ މުބާރާތުގައި ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، ދުއްވަން އިން މީހާއާއެކު މޫދަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ހެނދުނު 09:54 އެހައިކަންހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ހާދިސާ ހިނގުމާ ގުޅިގެން އަނިޔާވި ޒުވާނާއަށް އެހީތެރިވުމަށް އެ ސަރަހައްދަށް އެމްބިއުލާންސް ފޮނުވުމަށް މަސައްކަތް ކުރި ނަމަވެސް، މަގުމަތީގައި ގިނަ އަދަދެއްގެ ބަޔަކު އެއްވެ ތޮއްޖެހިފައި އޮތުމުގެ ސަބަބުން އެމްބިއުލާންސަށް އެތަނަށް ދެވުނީ ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލުމަށް ފަހުގައެވެ.

އެކްސިޑެންޓާ ގުޅިގެން ޒުވާނާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ނަމަވެސް، އޭނާގެ ހާލު ސީރިއަސްވުމާ ގުޅިގެން އިތުރު ފަރުވާއަށް މާލެ ގެނެސް މިހާރު އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted