ގަމު ކައުންސިލާއި މަންފާ ޖަމްޢިއްޔާ ގުޅިގެން ބާއްވާ ނަމާދު ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި
Gamu councilaa Manfaa jamiyya gulhigen baahvaa namaadhu programegai baiverivaan hulhuvaalaifi

ގަމު ކައުންސިލާއި މަންފާ ޖަމްޢިއްޔާ ގުޅިގެން ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޚާއްސަ ނަމާދު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޕްރޮގްރާމް ކުރިއަށްދާނެ ގޮތުގެ ތަފްޞީލް
މި ޕްރޮގްރާމަކީ 9 އަހަރާއި 15 އަހަރާ ދެމެދުގެ އަންހެން އަދި ފިރިހެން ކުދިންނަށް ޚާއްސަކޮށްގެން، ނަމާދުކުރަން ދަސްކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަސްޖިދުއްސަލާމްގައެވެ.
މި ޕްރޮގްރާމް ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ 24، 25 އަދި 26 ގައެވެ. މި ސެޝަންތައް ކުރިއަށް ގެންދަވާނީ އައްޝައިޚް ޢަބްދުﷲ މިފްޒާލް އެވެ.

ބައިވެރިވުމާއި އިތުރު މަޢުލޫމާތު
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޚާއްސަ ފޯމު މެދުވެރިކޮށް ރަޖިސްޓްރީ ވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް އިތުރު މަޢުލޫމާތު ފަހުން ޙިއްޞާކުރެވޭނެ ކަމަށް އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތު ދެއެވެ.




