އަތުލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Athuliyumuge qaumee mubaarathaugai baiverivumuge furusathu hulhuvaalaifi

އަލީ ފަހުމީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ގައުމީ އަތުލިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިބަހުގެ އެކެޑަމީން މިއަދު ހުޅުވާލައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީން ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އިއުލާނުގައިވާ ގޮތުން، މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ މުއައްސަސާތަކާއި އޮފީސްތަކުގެ ބަޔާއި، އާންމު ފަރުދުންގެ ބައެވެ. އޮފީސްތަކުގެ ބައިގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކުގެ އިތުރުން، ސަރުކާރާއި އަމިއްލަ ހިއްސާވާ ކުންފުނިތަކާއި އަމިއްލަ އޮފީސްތަކަށް ވެސް ބައިވެރިވެވޭނެއެވެ.

މުބާރާތް ބެހިގެންވާ ގިންތިތައް

މި މުބާރާތް އިންތިޒާމުކުރެވިފައިވަނީ ޖުމްލަ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ ރީތިކޮށް ލިޔުމާއި، އަވަހަށް ލިޔުމުގެ އިތުރުން އަތްތެރި ލިޔުމެވެ. އެކެޑަމީން މައުލޫމާތު ދިން ގޮތުގައި، ކޮންމެ އޮފީހަކުން ވެސް މި ކޮންމެ ގިންތިއަކުން ބައިވެރިކުރެވޭނީ އެންމެ ގިނަވެގެން ފަސް މުވައްޒަފުންނެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެވޭނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް 18 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ އޮކްޓޯބަރު މަހުގެ 8 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް އެކެޑަމީން ވަނީ އެދިފައެވެ.

މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް އީމެއިލް ކުރުމަށް ނުވަތަ 7772816 ނަންބަރު ފޯނާ ގުޅުއްވުމަށް އެކެޑަމީން އެދެއެވެ. އަދި މުބާރާތުގެ ގަވާއިދާއި މުހިންމު ލިޔެކިޔުންތައް ދިވެހިބަހުގެ އެކެޑަމީގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް އެ އިދާރާއިން ބަޔާންކުރެއެވެ.

ދިވެހިބަހުގެ އެކެޑަމީން މީގެ ކުރިން ވެސް ދިވެހި ބަހުގެ ދުވަހާ ގުޅުވައިގެން މިފަދަ އަތުލިޔުމުގެ މުބާރާތްތައް ކާމިޔާބުކަމާއެކު ބާއްވާފައިވާއިރު، މިފަދަ ކޮންމެ މުބާރާތަކަށް ވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން އެ އެކެޑަމީން ފާހަގަކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted