މިއަދާ މާދަމާ މާމެންދޫ ފުޓްބޯޅަ ދަނޑު ބަންދު ކުރަނީ
Miadhaa maadhamaa Maamendhoo football dhandu bandhu kuranee

ލ. މާމެންދޫގެ ރަސްމީ ފުޓްބޯޅަ ދަނޑު މިއަދާއި މާދަމާ އާންމުންނަށް ބަންދުކުރަން ނިންމައިފިއެވެ.
މާމެންދޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަސްމީ ފުޓްބޯޅަ ދަނޑު ބަންދުކުރަން ހަމަޖެހިފައިވަނީ ލ. މާމެންދޫ ސްކޫލްގެ ބެލެނިވެރިންގެ ހަފުތާ ފާހަގަކުރުމުގެ ގޮތުންނެވެ.
މިގޮތުން ސެޕްޓެމްބަރު 27 އަދި 28 މި ދެ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން 6:00 އަށް ރަސްމީ ފުޓްބޯޅަ ދަނޑު އާންމުންނަށް ބަންދުވާނެ ކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.




