އާންމު ތަންތަނުގައި ނިވާކަން ކުޑަކޮށް އުޅޭ ބިދޭސީންނާއި ފަތުރުވެރިންނަށް ފިޔަވަޅު އަޅަނީ

Aanmmu thanthanugai nivaakan kudakoh ulhey bidheyseenaai fathuruverinah fiyavalhu alhanee

ދިވެހިރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީންނާއި ޒިޔާރަތްކުރާ ފަތުރުވެރިން، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އުޅޭ މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިވެހި ފުލުހުންގެ ޚިދުމަތުން ދީފިއެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން މަގުމައްޗާއި އާންމު ތަންތަނުގައި ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ މުޖުތަމައުގެ އަހުލާގީ އަދި ސުލޫކީ މިންގަނޑުތަކާ ފުށުއަރާ އަދި މުޖުތަމައުގެ އަމާންކަމާއި މަސަލަސްކަމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ފުލުހުން ވަނީ ބަޔާންކޮށްފައެވެ.

މިފަދަ އަމަލުތައް ހުއްޓުވުމުގެ ގޮތުން، ގާނޫނު ނަންބަރު 2010/11 (އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ބިދޭސީން ބަލަހައްޓާ ފަރާތްތަކުން އެމީހުންގެ އަމަލުތައް މިފަދަ ގޮތަކަށް ނުބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން، ފަތުރުވެރިންނަށް ހާއްސަކޮށްފައިވާ ސަރަހައްދުތައް ފިޔަވައި އެހެން އާންމު ތަންތަނާއި މަގުތަކުގައި އުޅޭއިރު، ރާއްޖޭގެ ސަގާފަތާއި އާދަކާދައަށް އިހުތިރާމުކޮށް، އެކަށީގެންވާ ގޮތެއްގައި ހެދުން އެޅުމަށް ބާރުއެޅުމަށް ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ. އަދި މި އުސޫލުތަކާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުންދާނެ ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted