ލާމު އެލްޖީއޭގެ ތެރެއިން ހިންގި ވަގު ރެޖިސްޓްރޭޝަންގެ މައްސަލަތަކެއް ބަލަން ފަށައިފި

Laamu LGA ge therein hingi vagu registationge mahssalathah balan fashaifi

ލާމު އަތޮޅު ކައުންސިލް (ލ. އެލްޖީއޭ ބްރާންޗް) ގެ ތެރެއިން ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ އެއްގަމު އުޅަނދުގެ ވަގު ރެޖިސްޓްރޭޝަން ހެދި މައްސަލަތަކެއް ފެންމަތިވެ، އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ޔަގީންކޮށްދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޯޓަލް މެދުވެރިކޮށް ރެޖިސްޓްރޭޝަންގެ މަސައްކަތް ނިންމުމަށް ދެ މުވައްޒަފެއްގެ ލޮގިން ބޭނުންވެއެވެ. ނަމަވެސް މި މައްސަލައިގައި ކަން ހިނގާފައިވަނީ މުވައްޒަފަކު ޗުއްޓީގައި ހުއްޓާ، އޭނާގެ ލޮގިން ބޭނުންކޮށްގެން ކަމަށް ވެއެވެ. މިކަން ފާހަގަކުރެވުމާ ގުޅިގެން، އެ މުވައްޒަފު ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ލ.ފޮނަދޫ ޕޮލިސް ސްޓޭޝަނަށް މި މައްސަލަ ރަސްމީކޮށް ހުށަހަޅާފައެވެ.

ލާމު އަތޮޅު ކައުންސިލުން 3 ދުވަސްތެރޭ 70 އަށްވުރެ ގިނަ ވަގު ރެޖިސްޓްރޭޝަން ހަދާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މި މައްސަލަ ފެންމަތިވުމާ ގުޅިގެން އެ އިދާރާގެ ހުރިހާ ލޮގިންތަކެއް މިހާރު ވަނީ ސަސްޕެންޑްކޮށް، ބޭނުން ނުކުރެވޭ ގޮތް ހަދާފައެވެ. މިކަމާއި ގުޅުން ހުރި މުއައްޒިފުން މަސައްކަތުން އެކަހެރި ކޮށްފައި ކަމަަށްވެސް ލާމު އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަތޮޅު ކައުންސިލުން ކުރިއަށްގެންދާ ރެޖިސްޓްރޭޝަންގެ ހުރިހާ މަސައްކަތްތަކެއް މިހާރު ހުއްޓުވާފައެވެ.

މިކަމާ ގުޅޭގޮތުން ހައްދުންމަތީ އެލްޖީއޭ ބްރާންޗްގެ އެކްޒެކެޓިވް ހުސެއިން ޙަބީބް ވިދާޅުވީ، އެ ބްރާންޗުން މިފަދަ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށާއި، މިފަދަ މައްސަލައެއް އުޅޭކަން އެނގިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
2 Comments
Oldest
Newest Most Voted
އިބްރާހިމް ދީދީ
އިބްރާހިމް ދީދީ
14 days ago

Maazeegaves faalhuga corruptions hingaa baeh, rashu Council in dhey hidhumaithah adhives marukazeekurun beynunvaa kamakeeves e ee

Ahmed ali
Ahmed ali
14 days ago

ލާމަރުކަޒީ ކުރުމުގެ ބޭނުމަކީ ފަސޭހައިން ރަށުން ކަންކަން ކުރެވޭނެ ގޮތް ހެދުން، އަތޮޅު ކައުންސިލުން އެ މަސައްކަތް ކުރުމުން އެއާއި އެބަ ތަފާތުވޭ، އަތޮޅު ވެރިކަމެއް އިތުރު ލޭ ޔާ އެއް ބޭނުމެއް ނުވޭ