އިންޑިއާގެ 30 ބިލިޔަން ރުޕީސްގެ ކަރަންސީ ސްވޮޕް ރޯލްއޯވާ ކޮށްދީފި

India ge 30 billion rupeesge currency svop roll over kodhdheefi

ރިޒާވް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އެމްއެމްއޭއިން ނަގާފައި އޮތް 30 ބިލިޔަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިންޑިއާ ސަރުކާރުން އިތުރުކޮށްދީފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ދިވެހި ސަރުކާރާއި ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން މި ފެސިލިޓީގެ މުއްދަތު ދެމެހެއްޓުމަށް ނިންމީ ކަމަށެވެ. މި ފެސިލިޓީ އެމްއެމްއޭއިން ނެގީ މި އަހަރުގެ އެޕްރީލް 23 ވަނަ ދުވަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2024 ގައި އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސޮއިކުރެއްވި އެއްބަސްވުމެއްގެ ދަށުންނެވެ.

މި ނިންމުން އައިއިރު، އިންޑިއާއިން ކުރިން ފޯރުކޮށްދިން 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕާއި 2019 ގައި ތިން ބުރެއްގެ މަތިން ނެގި 150 މިލިޔަން ޑޮލަރުގެ ދަރަނި ދިވެހި ސަރުކާރުން ވަނީ މި އަހަރު ދައްކައި ޚަލާސްކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted