ހއ. އަތޮޅުގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފި

Ha. Atholhuge utility khidhumaiythah STELCOge dhashah badhalu koffi

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ދެމުން ގެންދިޔަ ޔުޓިލިޓީ ޚިދުމަތްތަކާ ސްޓެލްކޯއިން މިއަދު ރަސްމީކޮށް ހަވާލުވެ، ޚިދުމަތް ދޭން ފަށައިފިއެވެ.

ސްޓެލްކޯއިން ބުނީ ޚިދުމަތާ ހަވާލުވި ދުވަހުން ފެށިގެން އެ ރަށްރަށުގައި ދެމުންދާ ޚިދުމަތްތައް އެ ކުންފުނީގެ މިންގަނޑުތަކަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރު ވިދާޅުވީ އެ ކުންފުނީގެ އުއްމީދަކީ ރަށްރަށުގެ ކަރަންޓުގެ ހާލަތު ރައްޔިތުން ޤަބޫލުކުރާ ފެންވަރަށް ރަނގަޅުކޮށްދެއްވުން ކަމަށެވެ.

ހިންގުމުގެ ޚަރަދު ކުޑަކޮށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ޚިދުމަތް ދިނުމުގެ މަޤުޞަދުގައި ފެނަކަ އުވައިލައި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted