ކަލައިދޫ ހިމެނޭހެން 4 ރަށެއްގައި މިސްކިތް އެޅުމުގެ ބީލަން އަލުން ހުޅުވާލައިފި

Kalaidhoo himeneyhen 4 rashehgai miskiy elhumuge beelan alun hulhuaalaifi

ރާއްޖޭގެ 4 ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މާލީ ވުޒާރާއިން އަލުން ހުޅުވާލައިފިއެވެ.

މާލީ ވުޒާރާއިން އަލުން ބީލަމަށް ހުޅުވާލާފައިވަނީ ލ. ކަލައިދޫގެ އިތުރުން ގދ. މަޑަވެއްޔާއި، ގދ. ފަރެސްމާތޮޑާ އަދި ތ. އޮމަދޫގައި މިސްކިތް ބިނާކުރުމުގެ މަޝްރޫޢުތަކަށެވެ.

މި މަޝްރޫޢުތަކުގެ ބީލަމަށް ކުރިމަތިލެވޭނީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ”ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު“ ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އަދި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ”ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ“ ގެ ދަށުން ޝަރުޠު ހަމަވާ ފަރާތްތަކަށްވެސް މި ފުރުޞަތު އޮންނާނެއެވެ.

މި މަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޮވުމުގެ ކަންކަން ކުރިއަށްގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީބީ) އުޞޫލުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރާނެ މިންގަނޑުތައް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މާލީ ވުޒާރާއިން ވިދާޅުވީ މި ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށެވެ. މިއީ އަނބުރާ ނުލިބޭ ފީއެކެވެ. ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 7 އިން 19 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް ބަނޑޭރި ޕޭ މެދުވެރިކޮށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ދަނީ ހިންގަމުންނެވެ. މިގޮތުން މިސްކިތްތައް ބިނާކުރުމާއި، އިސްލާމީ މަރުކަޒުތަކާއި، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަކުގެ އިތުރުން ވަޤުފު ޢިމާރާތްތައް އެޅުން ހިމެނޭހެން 70 އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted