މައްސަލައަށް ދޮޅު އަހަރުވީއިރު ހައްލެއް ނުލިބުމުން ޕޮލިސް ސްޓޭޝަނުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި

Massalaah dholhu aharuveeiru halleh nulibumun polis steyshanugai banduhaihoonukamuge halhuthaaleh fashaifi

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ ފަރާތުން އާންމުންނަށް ކުރިމަތިވަމުންދާ އުނދަގޫތަކަށް ދޮޅު އަހަރު ވީއިރު ވެސް ހައްލެއް ނުލިބުމުން، ޒިންމާދާރު މަގާމެއް ފުރައްވާ މުޙައްމަދު ސައީދު ހެންވޭރު ޕޮލިސް ސްޓޭޝަނުގައި މިއަދު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފިއެވެ.

ސައީދު ފޭސްބުކްގައި ޝާއިޢުކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވާ ގޮތުގައި، އޭނާ ދިރިއުޅުއްވާ ސަރަހައްދުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެއްގެ ސަބަބުން ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އެ ހިސާބުގެ ރައްޔިތުންނަށް ބޮޑެތި ދަތިތައް ކުރިމަތިވަމުން ދެއެވެ. އެ ކަމުގެ އަސަރު ސައީދުގެ އާއިލާގެ އިތުރުން އަވައްޓެރިންނަށާއި އެ މަގުތައް ބޭނުންކުރާ އެންމެހައި ފަރާތްތަކަށް ވެސް ކުރަމުންދާ ކަމަށް އެ ޕޯސްޓުގައިވެއެވެ.

ސައީދު ވިދާޅުވި ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހަޅައި، ހެކި ރެކޯޑުކޮށް ހުށަހެޅި ނަމަވެސް ދޮޅު އަހަރު ތެރޭ އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ކަމާ ބެހޭ މުއައްސަސާތަކުން އޭނާއާއި އޭނާގެ އާއިލާ އަދި އަވައްޓެރިން ރައްކާތެރިކޮށްދިނުމުގައި ނާކާމިޔާބުވެފައިވާ ކަމަށް ސައީދު ވިދާޅުވެފައިވެއެވެ. އެހެންވެ މިއަދު ހެނދުނު 8:00 ގައި ފުލުހުންގެ އިދާރާއަށް ވަޑައިގެން ހަޅުތާލު ފެށްޓެވީ ކަމަށާއި، ސަރުކާރާ ގުޅުން ހުރި މުއައްސަސާތަކުން ހައްލެއް ހޯދައިދެންދެން ހަޅުތާލު ހުއްޓައިނުލައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ސައީދު ވިދާޅުވެފައިވަނީ އޭނާ އެދިވަޑައިގަންނަވަނީ އާއިލާއަށާއި މަގުމަތީ ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުވުން ކަމަށެވެ. މަގުމަތީގެ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މުއައްސަސާތަކުގެ ވާޖިބެއް ކަމަށާއި، އެ ވާޖިބު އަދާކޮށްދެއްވުމަށް އެ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް ސައީދު ވިދާޅުވެފައިވެއެވެ.

ސައީދުގެ ހަޅުތާލު ކުރިއަށް ގެންދަވަނީ އެ މައްސަލައަށް ހައްލެއް ލިބެންދެން ކަމަށް ވީ ނަމަވެސް، މި ކަމާ ގުޅިގެން ކަމާ ބެހޭ އެއްވެސް މުއައްސަސާއަކުން އަދި ރަސްމީ ބަހެއް ހާމަކޮށްފައެއް ނުވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted