ދަނބިދޫ ލޯމާފާނު ފުޓްސަލް މުބާރާތް 2026 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

Dhanbidhoo Loamaafaanu Futsal mubaaraai 2026 gawi baiverivumuge furusathu hulhuvaalaifi

ދަނބިދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެ ރަށުގެ ފިރިހެނުންނަށް ޚާއްޞަކޮށްގެން ބާއްވާ ”ދަނބިދޫ ލޯމާފާނު ފުޓްސަލް މުބާރާތް 2026“ ގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 20 ވާ ހުކުރު ދުވަހުއެވެ.

ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން ބައިވެރިވުމުގެ ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 10 ނޮވެމްބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އެ އިދާރާއިން ލިބެން ހުންނާނެ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

މީގެއިތުރުން، މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ލިސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ 15 ނޮވެމްބަރު 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. މި މުބާރާތުގެ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 500 ރުފިޔާއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted