އެންސްޕާއިން އޭޕްރީލް މަހު އަމިއްލަ ހޮސްޕިޓަލްތަކަށް އަށް މިލިއަން ރުފިޔާ ދައްކައިފި

NSPA in April mahu amihlla hospital thakah ah million rufiyya dhahkaifi

މިއަހަރުގެ އޭޕްރީލް މަހު ރާއްޖޭގެ ދެ ޕްރައިވެޓް ހޮސްޕިޓަލެއްގައި އެނދުމަތިކޮށްގެން ފަރުވާ ހޯދި ބަލިމީހުންނަށް އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

މި ހަރަދުތަކަކީ އާސަންދައިން ކަވަރު ނުކުރެވޭ ނުވަތަ އަމިއްލައަށް ފަރުވާއަށް ހޭދަކުރެވޭނެ ގޮތް ނެތް ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކޮށްފައިވާ ހަރަދުތަކެކެވެ.

އެންސްޕާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އޭޕްރީލް މަހު މާލޭގައި ހުންނަ އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި ފަރާތްތަކަށް ޖުމްލަ 8.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދި 189 މީހަކަށް 3.6 މިލިއަން ރުފިޔާ ހޭދަކުރިއިރު، ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯދި 294 މީހަކަށް 4.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ހަރަދުތައް

އޭޑީކޭ ހޮސްޕިޓަލަށް އެންސްޕާއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކަރުންމަތީގެ ބަލިތަކަށް ފަރުވާ ހޯދި މީހުންނަށެވެ. އެގޮތުން 23 ވޭދަނައަކަށް 608,381 ރުފިޔާ ދައްކާފައިވެއެވެ. މީގެ އިތުރުން ކަށީގެ ބަލިތަކާ ގުޅިގެން 27 މީހަކަށް 552,961 ރުފިޔާ އަދި އެހެނިހެން ހިދުމަތްތަކަށް 585,731 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ހަރަދުތައް

ޓްރީޓޮޕް ހޮސްޕިޓަލަށް އެންސްޕާއިން އެންމެ ބޮޑު ހަރަދެއް ކުރީ ކަށީގެ ބަލިތަކަށެވެ. އެގޮތުން 51 މީހަކަށް 1.2 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ. އަދި ވިހެއުމާ ގުޅިގެން 40 މީހަކަށް 605,552.28 ރުފިޔާ ހަރަދުކޮށްފައިވާއިރު، އެހެނިހެން ބަލިތަކަށް ފަރުވާ ހޯދި 51 މީހަކަށް 627,666.32 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ސަރުކާރުން އަންނަނީ ބޭސްފަރުވާގެ ހިދުމަތް އިތުރަށް އަގުހެޔޮކުރުމަށްޓަކައި ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، އާސަންދަ އަދި އެންސްޕާގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކުރެވޭނެ ގޮތަކަށް ގައުމީ ހެލްތު އިންޝުއަރެންސް ނިޒާމު މުރާޖައާކުރުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments