ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް އިސްދޫގައި ރުއް ގިނަ އަދަދެއްގެ ރުއް އިންދައިފި
Dhuniyeyge kaaboaathakethi adhi dhanduverikamuge dhuvas faahaga kurumuh Isdhoogai gina adhadhehge ruh indhaifi

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ލ. އިސްދޫ ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެން އިސްދޫގައި ރުއް އިންދުމުގެ ޚާއްޞަ ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާއިފެވެ. އަދި މި ހަރަކާތުގައި އިސްދޫގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންވެސް ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.
މި އިވެންޓުގައި ރަށުގެ އެކި ސަރަޙައްދުތަކުގައި ގިނަ އަދަދެއްގެ ރުއް ވަނީ އިންދާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމަށް އެއްބާރުލުން ދިނުމާއި، އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
އިސްދޫ ކައުންސިލުން ފާހަގަކުރި ގޮތުގައި، ރަށުގެ ފެހިކަން އިތުރުކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށްޓަކައި މީގެ ކުރިންވެސް އެކި މުނާސަބަތުތަކާ ގުޅުވައިގެން ގިނަ އަދަދެއްގެ ރުއް އިންދުމުގެ ހަރަކާތްތައް އެ ރަށުގައި ވަނީ ކާމިޔާބުކަމާއެކު ހިންގާފައެވެ.




