2027ގެ ބަޖެޓުން ކައުންސިލްތަކުގެ ހިލޭ އެހީގެ ގޮތުގައި 175 މިލިއަން ޑޮލަރު ދިނުމަށް ހުށަހަޅައިފި

2027 ge budget in council thakuge hiley eheege gothuga 175 million dollar dhinumah hushahalhaifi

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ލޯކަލް ކައުންސިލްތަކަށް ބްލޮކް ގްރާންޓް ނުވަތަ ހިލޭ އެހީގެ ގޮތުގައި 175.1 މިލިއަން ޑޮލަރު ދިނުމަށް ސަރުކާރުން ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 3.87 ބިލިއަން ޑޮލަރުގެ ޖުމްލަ ބަޖެޓުގައި، ހިލޭ އެހީގެ ގޮތުގައި ކަނޑައަޅާފައިވާ 227 މިލިއަން ޑޮލަރުގެ ބޮޑު ބައެއް ޚާއްޞަކޮށްފައިވަނީ ކައުންސިލްތަކަށެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު ސަރުކާރުން ގެނައި ބަދަލުތަކާއެކު، މިފަހަރު ކައުންސިލްތަކަށް ފައިސާ ކަނޑައެޅުމުގައި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށް ވެސް ރިއާޔަތްކުރާ ގޮތަށް ފޯމިއުލާ ވަނީ މުރާޖައާކޮށްފައެވެ. މި ބަދަލާ ގުޅިގެން ރަށު ކައުންސިލްތަކަށް ލިބޭ ފައިސާގެ ނިސްބަތް އިތުރުވެފައިވާއިރު، ރަށްތަކުގެ ތެރެއިން ލ. ގަން ކައުންސިލަށް 2.80 މިލިއަން ޑޮލަރު އަދި ޅ. ނައިފަރު ކައުންސިލަށް 2.36 މިލިއަން ޑޮލަރު ވަނީ ބަޖެޓުގައި ކަނޑައަޅާފައެވެ.

ސިޓީ ކައުންސިލްތަކުގެ ތެރެއިން އެންމެ ބޮޑު އެހީއެއް ކަނޑައަޅާފައިވަނީ މާލެ ސިޓީ ކައުންސިލަށެވެ. އެއީ 16.69 މިލިއަން ޑޮލަރެވެ. މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލަށް 6.47 މިލިއަން ޑޮލަރު، ފުވައްމުލައް ސިޓީ ކައުންސިލަށް 4.29 މިލިއަން ޑޮލަރު، ކުޅުދުއްފުށި ސިޓީ ކައުންސިލަށް 4.15 މިލިއަން ޑޮލަރު އަދި ތިނަދޫ ސިޓީ ކައުންސިލަށް 3.77 މިލިއަން ޑޮލަރު ދިނުމަށް ވަނީ ހިމަނާފައެވެ.

މިނިސްޓްރީ އޮފް ފައިނޭންސްއިން ހާމަކުރި ގޮތުގައި، 2025 ގެ ނިޔަލަށް 31 ކައުންސިލަކުން މާލީ ހިސާބުތައް އެދެވޭ ގޮތެއްގައި ބަލަހައްޓާފައެއް ނުވެއެވެ. އަދި ބައެއް ކައުންސިލްތަކުން ތަރައްޤީގެ މަޝްރޫޢުތަކުގެ ބަދަލުގައި އިދާރީ ހިންގުމުގެ ޚަރަދުތަކަށް އިސްކަންދެމުންދާތީ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ދޫކުރާ ފައިސާގެ މާލީ ބެލެހެއްޓުމާއި ޒިންމާދާރުކަން ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted