އުރީދޫ ”ފަން ރަން“ ގައި ބައިވެރިވުމުގެ ސުންގަޑި މާދަމާ ހަމަވާނެ

އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ”ފަން ރަން“ ގައި ބައިވެރިވުމުގެ ސުންގަޑި މާދާމާ (10 ޖޫން 2024) ގައި ހަމަވާނެއެވެ.
ފަސް ކިލޯމީޓަރުގެ މި ދުވުން ވަކި ވަގުތެއްގައި ނިންމަން މަޖުބޫރެއް ނޫނެވެ. އެހެންކަމުން ހިނގާލާފައި ގޮސް ވެސް ދުވުން ނިންމި ދާނެ ކަމަށް އުރީދޫން ވިދާޅުވެއެވެ. އަދި ކޮންމެ ކިލޯމީޓަރެއް ނިމޭ ހިސާބުގައި، ފޯމް ޕާރޓީ އާއި ފެނާއި ކުލަ ޖެހުމުގެ މަޖާ ހަރަކާތްތަކެއް އޮންނާނެ ކަމަށް ވެސް އުރީދޫން މަޢުލޫމާތު ދެއްވައެވެ.
ޢާންމުންގެ މަޤްބޫލުކަން ލިބިފައިވާ އުރީދޫ ”ފަން ރަން“ މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގައި ވެސް އަންނަނީ ބާއްވަމުންނެވެ. އެ ގޮތުން މި އަހަރު އުރީދޫ ފަންރަން ބޭއްވުމަށް ހަމަޖެހިފައިވަނީ ލާމު ގަމުގައެވެ.
ލާމުގައި މި ދުވުން ބޭއްވުމަށް ލ.އަތޮޅު ކައުންސިލާ އުރީދޫ މޯލްޑިވްސްއާ މަޝްވަރާތައް ކުރެވި، ދުވުން ހުށަހަޅައިދޭ ބައިވެރިއަކަށް ލ.އަތޮޅު ކައުންސިލް ވަނީ ކަނޑައަޅާފައެވެ. މި ދުވުމުގައި ބައިވެރިވުމަށް މި ލިންކުން ރަޖިސްޓަރވެވޭނެއެވެ.
އުރީދޫ ”ފަން ރަން“ ގައި ބައިވެރިވުމަށް ޕީއެސްޖީގެ ފުޓުބޯޅަ ތަރި ޖޭޖޭ އޮކޯޗާ ވެސް ލާމަށް އަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޖޭޖޭ އޮކޯޗާއާއެކު ލާމަށް އައިސް ދުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭ ޕްރޮމޯޝަނެއް ވެސް އުރީދޫން ވަނީ ފަށާފައެވެ.