ޖާދޫ ހަދާ ޝޯ ތަކާއި ވަގުތުން އިނާމު ލިބޭ ސްޓޯލްތަކާއެކު ގަމު ކާބޯތަކެތީގެ މަހާސަމާ ފަށައިފި.

Jaadhoo hadhaa show thakaaeku vaguthun inaamu libey stall thakaaeku gamu kaaboathaketheege mahaasama fashaifi

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅުވައިގެން ލ.ގަމު ކައުންސިލާއި ލ.ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ބާއްވާ ކާބޯތަކެތީގެ މަހާސަމާ އިއްޔެ ހުޅުވައިފިއެވެ. މި މަހާސަމާ ހުޅުވައިދެއްވީ ލ.ގަމުގެ ކައުންސިލަރ ޝާހިދު މުހައްމަދާއި ލ.ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް މަރްޔަމް ނީނާއެވެ.
ޖުމްލަ 10 ސްޓޯލާއެކު ފެށި މި މަހާސަމާއަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން ދަނޑުވެރިކަމާ ގުޅުން ހުރި ސާމާނު ގެންގުޅޭ މަޝްހޫރު ޕްރައިމް ފާރޓިލައިޒާސްގެ ސްޓޯލެއް ވެސް މި މަހާސަމާގައި ހުއްޓެވެ. މި ސްޓޯލުން ތަކެތި ވިއްކުމުގެ ބަދަލުގައި ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ސުވާލެއް ކުރުމަށްފަހު ޖަވާބު ދިމާކުރާ ފަރާތްތަކަާް އިނާމު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިގެ އިތުރުން މި މަހާސަމާއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 15 ފަރާތަކަށް އިނާމު ދޭ ގޮތަށް ވަނި ހަމަޖެހިފައެވެ. ގުރުއަތު ނެގުން އޮންނާނީ ނޮވެންބަރ 4 ވަނަ ދުވަހުގެ ރޭ 9:30ގައި މަހާސަމާ ނިންމުމުގެ ރަސްމިއްޔާތުގައެވެ.
މި މަހާސަމާގެ ވަރަށް ޚާއްސަ ހަރަކާތްތަކެއް މިއަދު ހަވީރު އަދި ރޭގަނޑު އޮންނާނެ ކަމަށް ލ.ގަމު އަންހެނުންގެ ތަރައްްޤީއަށް މަސައްކަތް ކުރާ ކޮމެޓީން މަޢުލޫމާތު ދެއެވެ. އެގޮތުން ޖާދޫގަރެއް ޖާދޫ ހަދާ ޝޯ ތަކެއް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް މަޢުލުމާތު ދެއެވެ.

ލ.ގަމު ކައުންސިލާއި ލ.ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން މިދިޔަ ޖުލައި މަހުގައި ބޭއްވި މިނިވަން އެކްސްޕޯއަށް ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted