ލ. ގަމު ބަނދަރު ތަރައްގީކުރުމުގެެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިންމާލައިފި

Laamu gamu bandharu tharahqeekurumuge mashroouge 80 insahtha mashakaiy ninmaalaifi

. ގަމު ބަނދަރު ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ ބޭރު ތޮށިލުމުގެ މަސައްކަތުގެ ތެރެއިން ވެލިއެޅުމަށްފަހު، އެ ސަރަހައްދު އެއްވަރުކޮށް ބައްޓަންކުރުމުގެ (ޕްރޮފައިލް ކުރުމުގެ) މަރުހަލާއެވެ. މިއީ ބަނދަރުގެ ވަށައިގެންވާ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫއުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ފަޅު ފުންކުރުމާއި ކޮނުމުގެ މަސައްކަތުގެ އިތުރުން، ރޮކް އާމަރ ބޭނުންކޮށްގެން ބޭރުތޮށިލުމާއި، ކޮންކްރީޓް ޖެޓީއާއި އެއްގަމުތޮށިލުން ހިމެނެއެވެ. އަދި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ރޭމްޕް ހެދުމާއި، ކަލްވަޓް އެޅުމާއި، ބަނދަރު ބައްތި ހަރުކޮށް ދުވާރު ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

ސަރުކާރުގެ އަމާޒަކީ ރަށްރަށުގެ އުމުރާނީ ތަރައްގީގެ މަޝްރޫއުތައް މެދުވެރިކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އަސާސީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މިގޮތުން ގަމު ބަނދަރުގެ މަސައްކަތަކީ އެ ރަށުގެ އިގްތިސާދީ ކުރިއެރުމަށް އެޅޭ ބޮޑު ބާރެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމުރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަމުން އަންނަ އެމްޓީސީސީން ދަނީ ގަމު ބަނދަރުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައި، ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments