ގަމު ޓީމަށް ސަޕޯޓު ކުރުމަށް ގިނަ ރައްޔިތުން ނުކުތުމަށް އެދިއްޖެ

Gamu team ah support kurumah gina rahyyithun nukuyhumah edhijje

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ލ. ގަމު ފުޓްސަލް ޓީމަށް ސަޕޯޓު ކުރުމަށް ވީހާވެސް ގިނަ ރައްޔިތުން ދަނޑަށް ދިއުމަކީ އެ ޓީމުގެ ވަރަށް ބޮޑު އެދުމެއް ކަމަށް ބުނެފިއެވެ.

ފުރަތަމަ މެޗުގައި ގަން ނުކުންނާނީ ފޮނަދުއާ ދެކޮޅަށް

މި މުބާރާތުގައި ލ. ގަން ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ 3 ސެޕްޓެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައެވެ. މި މެޗުގައި ގަން ބައްދަލުކުރާނީ ލ. ފޮނަދޫ އާއެވެ.

އޭގެ ފަހުން ގަމުގެ ދެވަނަ މެޗު އޮންނާނީ 5 ސެޕްޓެމްބަރު 2026 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައެވެ. މި މެޗުގައި ގަން ނުކުންނާނީ ލ. އިސްދޫ އާ ދެކޮޅަށެވެ.

މެޗުތައް ކުރިއަށްދާނީ ތުނޑީ ފުޓްސަލް ދަނޑުގައި

މި މުބާރާތުގެ މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތުނޑީ ފުޓްސަލް ދަނޑުގައެވެ. އެހެންކަމުން މެޗުތައް ބަލައި، ޓީމަށް ހިތްވަރު ދިނުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ހާޒިރުވުމަށް ޓީމުން ވަނީ އެދިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted