ގަމު ކައުންސިލްގެ ބައި އިލެކްޝަން: މާލޭގައި ބަހައްޓާ ދެ ފޮށި ވެސް ހުންނާނީ އައު ދަރުމަވަންތަ ސުކޫލްގައި

ގަމު ކައުންސިލްގެ ކައުންސިލް މެމްބަރ އިންތިޚާބު ކުރުމަށް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި، މާލޭގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ދެ ވޯޓު ފޮށި ވެސް ހުންނާނީ އައު ދަރުމަވަންތަ ސުކޫލްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ޢާންމުކޮށްފައިވާ އިޢުލާނުގައިވާ ގޮތުން މި ފޮށިތައް ބަހައްޓާފައި ހުންނާނީ އައު ދަރުމަވަންތަ ސުކޫލްގެ އުތުރު ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ކުލާސްރޫމް 1އޭ އަދި 1ބީ ގައެވެ.
މީގެ އިތުރުން ގަމުގައި ބަހައްްޓާ ވޯޓު ފޮށިތައް ވެސް ހުންނާނެ ތަންތަން މި އިޢުލާނުގައިވެއެވެ. އެގޮތުން ގަމުގެ 1ނަންބަރ ވޯޓު ހުންނާނީ ގަމު އިޖުތިމާޢީ މަރުކަޒުގައި، 2ނަންބަރ ވޯޓު ފޮށި ހުންނާނީ ހަމަދު ބިން ޚަލީފާ އާލް ޘާނީ ސުކޫލުގައި، 3 ނަންބަރ ވޯޓު ފޮށި ހުންނާނީ މުކުރިމަގު ސުކޫލުގައި އަދި 4ނަންބަރ ވޯޓުފޮށި ހުންނާނީ އިހައްދޫ ސުކޫލް ހޯލުގައިކަމަށް ވެސް އެ އިޢުލާނުގައިވެއެވެ.
ގަމު ކައުންސިލްގެ މެމްްބަރު އިންތިޚާބު ކުރުމަށް މިއަދު ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު 14:00 އިން މިރޭ 20:00އަށެވެ.