އިންތިޚާބީ ކައުންސިލަރު އަފްޞަލް ޖަޢުފަރު ހުވާކޮށްފި

14 ޖޫން 2024 ވަނަ ދުވަހުގައި ބޭއްވި ގަމު ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބު ކުރި ލ.ގަން ޖައޮޒާ އަފްޞަލް ޖަޢުފަރު، ކައުންސިލް މެމްބަރު ކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ބޭއްވީ އިއްޔެ 13:30 ގައި ޙަމަދު ބިން ޚަލީފާ އާލް ޘާނީސުކޫލްގެ ހޯލްގައެވެ.
އަފްޞަލް ޖަޢުފަރަށް ހުވާ ލައިދެއްވީ ލ.ގަން މެޖިސްޓްރޭޓް ކޯޓުގެ އިސް ފަނޑިޔާރު ޢަބްދުލްފައްތާޙް އަބްދުލްޣަފޫރެވެ.
މި ރަސްމިއްޔާތުގައި ގަމު ކައުންސިލްގެ އިސްވެރިންނާއި ގަމުގެ މުވައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން އަފްޞަލް ޖަޢުފަރަށް ތާއީދު ކުރާ ގިނަ ބަޔަކު ބައިވެރިވިއެވެ.
އަފްޞަލް ޖައުފަރުވަނީ ނިމިދިޔަ ސަރުކާރުގައި މިނިސްޓްރީ އޮފް އެންވަޔަރމަންޓު، ކުލައިމެޓު ޗޭންޖު އެންޑު ޓެކުނޮލޮޖީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރގެ މަޤާމު ފުރުއްވާފައެވެ.