ބޮޑެތި އިނާމުތަކާއެކު ”ލާމަށް“ގެ ދެވަނަ ސީޒަން ފަށަނީ

ދީނީ އަދި އިޖުތިމާޢީ ތަފާތު ޕްރޮގުރާމްތަކާއެކު  ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ”ލާމަށް“ގެ ދެވަނަ ސީޒަން ފަށަން ޢިލްމު ޖަމިއްޔާއިން ތައްޔާރުވެއްޖެއެވެ.
”ލާމަށް“ މި ޕްްރޮގްރާމަކީ މުޅި ލާމު އަތޮޅަށް ހިންގާ ޕްރޮގުރާމެކެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން މިސްކިތްތަކުގައި ދީނީ ދަރުސް ދިނުމާއި، ދީނީ ފޯރަމް ބޭއްވުމާއި ގަނާ ކުރުމާއި ދެކޮޅަށް ކެމްޕޭން ކުރުމާއި ސުކޫލް ކުދިންނަށް އަމާޒުކޮށްގެން ނަމާދު ވޯކްޝޮޕް ކުރިއަށް ގެންދިއުމާއި ކާމިޔާބު ބެލެނިވެރިޔާ ޕްރޮގްރާމްގެ އިތުރުން ލީޑަރޝިޕް ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްްރޮގްރާމްތަކުގައި، ރާއްޖޭގައި އިތުބާރު ހުރި ޢިލްްމުވެރިންނާއި ކުޅިވަރު ޝަޚުޞިއްޔަތުތަކާއި ސިއްހީ މާހިރުން ބައިވެރިވާނެ ކަމަށް ޢިލްމު ޖަމިއްްޔާއިން ވިދާާޅުވެއެވެ.
މި ޕްްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި 4 އިން 7 އަށް ލާމު އަތޮޅުގެ ރަށްތަކުގައެވެ.
”ލާމަށް“ މި ޕްްރޮގްރާމަކީ ޢިލްމު ޖަމިއްޔާ އާާއި ޖަމިއްޔަތުއްސަލަފާއި، ލާމު ފުލުހުން އަދި ލ.އަތޮޅު ކައުންްސިލާއި ލ.އަތޮޅުގެ ރަށު ކައުންސިލްތައް ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއް ވަނައަށް ދާ ފަރާތަށް ޢުމްރާ ދަތުރެއް، ދެ ވަނަ އަށް ފްރީ ސްޓޭންޑު އަވަނެއް އަދި ތިން ވަނަ އަށް ދާ ފަރާތަށް ވެކިއުމް ކްލީނަރެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
”ލާމަށް2“ ގެ މެއިން ސްޕޮންސަރ އަކީ މޯލްޑިވްސް އިސްލާމިކް ބޭންކެވެ.
”ލާމަށް“ ފުރަތަމަ ސީޒަންގައި 5000ށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ޢިލްމު ޖަމިއްޔާއިން ވިދާާޅުވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments