”ސިހުރާއި އެސްފީނާ“ ދީނީ ފޯރަމް މިރޭ އިހައްދޫ ސުކޫލުގައި

”ސިހުރާއި އެސްފީނާ“ މި މަޢުޟޫއުގެ ދަށުން ޢާންމުކޮށް ހުޅުވާލާއިގެން ބާއްވާ ދީނީ ފޯރަމެއް މިރޭ އިހައްދޫ ސުކޫލުގައި ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.
މި ފޯރަމަކީ ޢިލްމު ޖަމިއްޔާއިން ކުރިއަށް ގެންދާ ދީނީ އަދި އިޖުތިމާއީ ޕްރޮގްރާމެއް ކަމުގައިވާ ”ލާމަށް2″ގެ ދަށުން ހިންގާ ޙަރަކާތެކެވެ.
މި ފޯރަމް އޮންނާނީ މިރޭ 8:30ގައި އިހައްދޫ ސުކޫލް ހޯލުގައެވެ.
މި ފޯރަމުގައި ވާހަކަ ދައްކާނީ އައްޝައިޚް އަޙްމަދު ސަމީރާއި، އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދާއި އައްޝައިިޚް މުޖުތަބާ ޙަމީދެވެ.
މިއީ ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ފޯރަމެއް ކަމަށްވާތީ، ޝާޢުޤުވެރިކަން ހުރި ކޮންމެ މީހަކަށް ވެސް މި ފޯރަމުގައި ބައިވެރިވުމުގެ ފުރުޞަތު އެބައޮތެވެ.
”ލާމަށް2“ ގެ ދަށުން ދީނީ އަދި އިޖުތިމާޢީ އެކި ޙަރަކާތްތައް ޢިލްމު ޖަމިއްޔާއިން ދަނީ ހިންގަމުންނެވެ. އަދި މި ޙަރަކާާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގު ބޮޑު އިނާމުތައް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެއްވަނަ އިނާމަކަށް ޢުމްރާ ދަތުރެއް ދެވަނަ އިނާމަކަށް އަވަނެއް އަދި ތިން ވަނަ އިނާމަކަށް ވެކިއުމް ކުލީނަރެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.