ލާމަސީލުލާމު ސުކޫލުތަކުގެ ވާހަކަ ދެއްކުމުގެ މުބާރާތުގެ އެންމެ މޮޅު ދަރިވަރަކަށް، ޒުހާ ނާޞިރު

ހައްދުންމަތީ އަތޮޅު ކައުންސިލުން، ލ.އަތޮޅުގެ ސުކޫލުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ލާމަސީލުލާމު ސުކޫލުތަކުގެ 2 ވަނަ ވާހަކަ ދެއްކުމުގެ މުބާރާތުގެ އެންމެ މޮޅު ދަރިވަރަކަށް، ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޒުހާ ނާޞިރު ހޮވިއްޖެ އެވެ.
14 އަހަރުން ދަށާއި، 14 އަހަރުން މަތީގެ އުމުރުފުރާ އަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މި މުބާރާތުގެ އެއްވަނަ ހޯދި ޒުވާ ވާދަކޮށްފައިވަނީ 14 އަހަރުން ދަށުގެ ބައިގައެވެ. މުޅި މުބާރާތުގެ ދެވަނަ، ޙަމަދު ސްކޫލުގެ ޢައިޝާ ބިންތު ޢަބްދުލްރައޫފް ހޯދާފައިވާއިރު، ތިންވަނަ ލިބުނީ އިހައްދޫ ސްކޫލުގެ އިބްރާހިމް އާހިލް ޢާޒިމް އަށެވެ.
މުޅި މުބާރާތުގެ ގަދަ ފަސް ބައިވެރިންގެ ތެރޭގައި ހިމެނެނީ ޒުހާ އާއި ޢައިޝާ އަދި އާހިލްގެ އިތުރުން، ޙަމަދު ސްކޫލުގެ ޢާއިޝަތު ހުސްނު މުޙައްމަދާއި ޙަމަދު ސްކޫލުގެ ޢާއިޝް ޢަބްދުލްހަންނާނު އެވެ.
މުބާރާތުގެ 14 އަހަރުން ދަށުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީވެސް ޒުހާ އެވެ. ދެވަނަ، އާހިލް އަށް ލިބިފައިވާއިރު، ތިންވަނަ ލިބުނީ ޢާއިޝް އަށެވެ. މި ތިން ދަރިވަރުންގެ އިތުރުން، 14 އަހަރުން ދަށުގެ ގަދަ ފަސް ބައިވެރިންގެ ތެރޭގައި ހިމެނިފައިވަނީ ޙަމަދު ސްކޫލުގެ ޔޫސުފް ކިޔާން ލަތީފް ބިން މުޙައްމަދާއި ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޢާއިޝަތު އިބާ ޙަބީބު އެވެ.
މުބާރާތުގެ 14 އަހަރުން މަތީގެ އެއްވަނަ ހޯދާފައިވަނީ ޙަމަދު ސްކޫލުގެ ޢައިޝާ ބިންތު ޢަބްދުލްރައޫފް އެވެ. މި އުމުރުފުރާ އިން ދެވަނަ، އިހައްދޫ ސްކޫލުގެ އިބްރާހިމް އާހިލް އާޒިމް ހޯދާފައިވާއިރު، ތިންވަނަ ލިބުނީ އިސްދޫ ސްކޫލުގެ ޚަދީޖަތު ޔަމްނާ އަޙްމަދަ ށެވެ. މި ތިން ދަރިވަރުންގެ އިތުރުން، ގަދަ ފަސް ދަރިވަރުންގެ ތެރޭގައި ހިމެނިފައިވަނީ ޙަމަދު ސްކޫލުގެ ޢާއިޝަތު އާލާ ޢަލީ އާއި ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ މުޙައްމަދު އިފާޒް އިބްރާހިމް އެވެ.
މިއީ ހައްދުންމަތީ އަތޮޅު ކައުންސިލުން ބޭއްވި ދެވަނަ ވާހަކަ ދެއްކުމުގެ މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި ލާމު އަތޮޅަށް ނިސްބަތްވާ ނުވަ ސުކޫލަކުން ޖުމްލަ 103 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.