ޖޭޖޭ އޮކޯޗާ އާއެކު ފުޓުސަލް ކުޅުމުގެ ފުރުޞަތު ލާމުގެ ޒުވާނަކަށް ލިބިއްޖެ

އުރީދޫގެ ހަރަކާތްތަކަކަށް ދިވެހިރާއްޖެ އައި ޕީ.އެސް.ޖީގެ ފުޓުބޯޅަ ތަރި ޖޭޖޭ އޮކޯޗާ އާއެކު  ފުޓުސަލް ކުޅުގެ ފުރުޞަތު، ލ.މުންޑޫއަށް ނިސްބަތްވާ  އަޙްމަދު މިފްތާޙް(19އ) އަށް ލިބިއްޖެއެވެ.

މިފްޠާޙްއަށް މި ފުރުޞަތު ލިބުނީ، އޮކޯޗާއާއެކު ފުޓުސަލް ކުޅުމުގެ ފުރުޞަތު ލިބޭ ގޮތަށް އުރީދޫން ބޭއްވި މީސްމީޑިއާ ކޮންޓެސްޓެއްގައި ބައިވެރިވެގެންނެވެ.

މި ކޮންޓެސްޓުގައި ބައިވެރިވިއިރު, ގުރުއަތުން ހޮވިދާނެކަމަށް އެއް ވެސް ވަރަކަށް އުއްމިދު ނުކުރާ ކަމަށް، މިފްޠާޙް ލާމު އެމް.ވީއަށް މަޢުލޫމާތު ދެމުން ބުނިއެވެ. އަދި މި ފުރުޞަތު ލިބުމުން ވަރަށް އުފާވި ކަމަށާއި އެންމެ އުފާވީ ޖޭޖޭ އޮކޯޗާގެ އިތުރުން ދިވެހިރާއްޖޭގެ ފުޓުބޯޅަ ލެޖެންޑުންނާއެކު ފުޓުސަލް ކުޅުމުގެ ފުރުޞަތު ލިބުމުން ކަމަށް ވެސް މިފްޠާޙް ބުނިއެވެ.

މި މެޗު ކުޅެފައިވަނީ އިއްޔެ ގަލޮޅު ދަނޑުގައެވެ. މި މެޗުގައި ބައްދަލުކުރީ ލެޖެންޑުންގެ ޓީމާއި މާޒިޔާގެ ޓީމަކާއެވެ. ޖޭޖޭ އޮކޯޗާއާއި މިފްޠާޙް ހިމެނުނީ ލެޖެންޑުންގެ ޓީމުގައެވެ. މީ ޓީމުގައި ދިވެހިރާއްޖޭގެ ފުޓުބޯޅަ ތަރި ޢަލީ އަޝްފާޤް (ދަގަނޑޭ) އާއި  ރައީީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވެސްހިމެނިވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން މާޒިޔާގެ އިސްވެރިން ވެސް މި ޓީމުގައި ހިމެނިވަޑައިގަތެވެ.

މި މެޗު ކާމިޔާބު ކުރީ މާޒިޔާގެ ޓީމެވެ.

މިފްޠާޙްގެ އިތުރުން އުރީދޫގެ އިތުރު ދެ ކަސްޓަމަރަކަށް ވަނީ މި ފުރުޞަތު ލިބިފައެވެ.

ޖޭޖޭ އޮކޯޗާ ވަނީ، މި މަހުގެ 5 ވަނަ ދުވަހު އުރީދޫން ލ.ގަމުގައި ބޭއްވި ”ފަން ރަން“ ގައި ވެސް ބައިވެރިވެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments