ބިމުގެ ދަގަތްފާނީ ބާރުގެ ބިރުވެރި އަޑުތައް އަޑުއަހައިލިންތަ؟

ޔޫރަޕިއަން ސްޕޭސް އެޖެންސީ އިން ބިމުގެ ދަގަތްފާނު ބާރުގެ ސަބަބުން އުފެދޭ، ރެކޯޑުކުރެވިފައިވާ ބިރުވެރި އަޑުތަކެއް މިހަފްތާ ތެރޭގައި ޢާއްމުކޮށްފިއެވެ.

ބިމުގެ އެތެރޭގެ ’މެގްނެޓޯސްފިއަރ‘ ނުވަތަ ދަގަތްފާނުގެ ބާރު އެކުލެވޭ ފަށަލައިން އަބަދުވެސް ބިމުގެ ދެ ތަނޑިން ދެފަރާތަށް ވަށައިގެން ވާގޮތަށް ދަގަތްފާނުގެ ދަމާބާރު ދޫކުރަމުން ގެންދެއެވެ. މި ބާރުގެ ސަބަބުން އިރުގެ ޖައްވީ ރޭޑިއޭޝަނުން ބިން ހިމާޔަތްކޮށްދެއެވެ. އަދި އިރުގެ ހޫނު ވައިން ބިމުގެ ވައިގެ ފަށަލަ ތުނިވުން ސަލާމަތްކޮށްދެއެވެ.

https://m.youtube.com/watch?v=f1EaDcR5ivk&feature=youtu.be

ޓެކްނިކަލް ޔުނިވާސިޓީ އޮފް ޑެންމާކުގެ ދިރާސާކުރާ ސައިންސްވެރީން މިވަނީ ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ސްވޯމް ސެޓަލައިޓް އިން ލިބޭ ދަގަތްފާނުގެ ބާރު، އަޑަށް ބަދަލުކޮށްފައެވެ.

އެމީހުންގެ މަސައްކަތުން ތައްޔާރުކުރި 5 މިނިޓްގެ އަޑުކޮޅުން އިވިގެންދަނީ ޢާއްމުކޮށް ބިމުގެ އެއްވެސް ހިސާބަކުން ނީވޭ ފަދަ، ބިރުވެރި އަދި ސިހުންގެނުވާ އަޑުތަކެކެވެ. ޖައްވީ ކަންކަމަށް ޝަޢުޤުވެރިވާ ފަރާތްތަކާއި މިއުޒިކް ކުޅޭ ފަންނާނުން ގުޅިގެން ގެންދަނީ ޑެންމާކުގެ މަގުތަކާއި ޕާކުތަކުގައި ސްޕީކަރުތައް ހަރުކޮށް ވަކި ގަޑިތަކެއްގައި މިއަޑުތައް ޢާއްމުންނަށް އިއްވަން ތަކުރާރުކުރަމުންނެވެ.

މި އަޑުތަކުގެ ތެރޭގައި އެކުލެވޭ ބައެއް އަޑުތަކަކީ 2011 ނޮވެމްބަރު 3 ވަނަ ދުވަހު އިރުގެ ހޫނު އާވިގަނޑެއް ބިމަށް ފޯރައިގެން، ބިމުގެ ދަގަތްފާނުގެ ބާރަށް އަސަރުކުރި ދަގަތްފާނީ ކޮޅިގަނޑެެެއްގެ ސަބަބުން އަންނަ އަޑުތަކެއް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް މިކަމަށް ކަމާބެހޭ އެއްވެސް އިދާރާއަކުން ބަހެއް ބުނެފައެއް ނެތެވެ.

 

 

 

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments