ގަމުގައި މަސް އާލާކޮށް، ކާދު އުފައްދަން އިންވެސްޓަރަކު ހޯދަނީ
Gamugai mass aalaakoh, kaadhu ufahdhan investor aku hoadhanee

ހައްދުންމަތީ ގަމުގައި ޒަމާނީ ފެންވަރަށް މަސް އާލާކުރުމާއި، އޯގަނިކް ކާދު އުފައްދާ މަރުކަޒެއް ގާއިމްކުރުމަށް ޝައުގުވެރިވާ އިންވެސްޓަރަކު ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.
ލ. ގަމު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން 08 ސެޕްޓެމްބަރ 2026 ވާ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ބިޑް ޑޮކިއުމަންޓް ގަނެ، ބީލަމުގައި ރަޖިސްޓްރީވާން ޖެހެއެވެ. ބިޑް ޑޮކިއުމަންޓެއްގެ އަގަކީ 1000 ރުފިޔާއެވެ. އެކައުންޓް ނަންބަރު 7707700315001 އަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު، ސްލިޕް 7611515 ނަންބަރަށް ވައިބަރ ކުރުމުން ބިޑް ޑޮކިއުމަންޓް ހިއްސާކުރެވޭނެ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
މި މަޝްރޫއުގެ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 10 ސެޕްޓެމްބަރ 2026 ވާ ދުވަހުގެ ހެނދުނު 10:00 ގައި ލ. ގަމު ކައުންސިލް އިދާރާގެ ސެމިނާ ރޫމްގައެވެ. އަދި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 16 ސެޕްޓެމްބަރ 2026 ވާ ދުވަހުގެ މެންދުރުފަހު 13:00 ގައި ގަމު ކައުންސިލް އިދާރާގެ ސެމިނާ ރޫމްގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ބައިވެރިނުވެވޭނެ ކަމަށްވެސް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
ބީލަމާ ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކަށް، 16 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ގަމު ކައުންސިލް އިދާރާއަށް ހާޒިރުވެ ނުވަތަ 7611515 ނަންބަރަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.



