އޮސްޓްރޭލިއާގެ ޕާކް ސާމާނު ރާއްޖޭގެ ކައުންސިލްތަކަށް: ފުރުސަތު ހުޅުވާލައިފި

Australiage Park saamaanu raajjeyge council thakah: Furusathu hulhuvaalaifi

އޮސްޓްރޭލިއާގެ ކުޑަކުދިންގެ ޕާކްތަކުގައި ބޭނުންކޮށްފައި ހުރި، އެކަމަކު ރަނގަޅު ހާލަތުގައި ހުރި ސާމާނު ބޭނުންވާ ކައުންސިލްތަކަށް ދޫކުރުމުގެ ޕްރޮގްރާމެއް އޮސްޓްރޭލިއާ-މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން ހުޅުވާލައިފިއެވެ.

އޮސްޓްރޭލިއާ ހައިކޮމިޝަނުން ނެރުނު ސާކިއުލާއެއްގައިވާ ގޮތުން، މި ޕްރޮގްރާމުގެ ދަށުން ދޫކުރާނީ އާ އެއްޗިއްސަށް ނުވިޔަސް، އެއީ ހާލަތު ބަލައި ބޭނުންކުރެވޭނެކަން ކަށަވަރުކޮށްފައިވާ ތަކެއްޗެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް އެއްޗިއްސަކީ ކުދިކުދި މަރާމާތުތައް ކޮށްލަން ޖެހިދާނެ ތަކެތި ކަމަށް ހައިކޮމިޝަނުން ފާހަގަކުރެއެވެ. މި ސާމާނު ގެންދަން އެދޭ ކައުންސިލްތަކަށް އެ ތަކެތި ރާވާނެ ގޮތުގެ ތަފްސީލް ޕްލޭންތައް ފޯރުކޮށްދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކައުންސިލްތަކުން އުފުލަންޖެހޭ ޒިންމާތައް

މި ޕްރޮގްރާމުގައި ބައިވެރިވާ ކައުންސިލްތަކުން މާލެ ސަރަހައްދުގައި މި ތަކެތި ރައްކާކޮށްފައި ހުރި ތަންތަނުން އެ ތަކެތި ނެގުމާއި، ބަހައްޓާ ރަށްރަށަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނެއެވެ. މީގެ އިތުރުން، ކުރަންޖެހޭ މަރާމާތުތައް ކުރުމާއި، ބަހައްޓާނެ ތަން ތައްޔާރުކޮށް ބެލެހެއްޓުމަކީވެސް ކައުންސިލްތަކުގެ ޒިންމާއެކެވެ.

ހައިކޮމިޝަނުން ބުނި ގޮތުގައި، ޕާކް ހަދާ ސާމާނު ރާއްޖެއަށް ގެންނަތާ އެއް މަސްދުވަހުގެ ތެރޭގައި، އެތަކެތި ގެންދަން އެދޭ ކައުންސިލުތަކުން ތަކެތި ގެންގޮސް ނިންމަންވާނެއެވެ. އަދި ބޭނުންކޮށްފައިވާ ސާމާނު ބޭނުންކުރުމަކީ ކައުންސިލްތަކުން އަމިއްލައަށް އެދިގެން ކުރާ ކަމަކަށް ވާތީ، އެތަކެތި ބަލައިގަންނަން ރައްޔިތުން ގަބޫލުތޯ ބެލުމަކީވެސް ކައުންސިލްތަކުގެ ޒިންމާއެކެވެ.

އީއޯއައި ހުށަހެޅުން

މި ސާމާނު ބޭނުންވާ ކައުންސިލްތަކުން އޮސްޓްރޭލިއާ ހައި ކޮމިޝަނަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅަންޖެހެއެވެ. މި ހުށަހެޅުމުގައި ރައްޔިތުންގެ ރުހުން އޮތްކަމުގެ ކަށަވަރުކަމާއި، ސާމާނު ބަހައްޓާނެ ތަންތަނާއި، ބެހެއްޓުމަށްފަހު މަރާމާތުކޮށް ބަލަހައްޓާނެ ގޮތުގެ ތަފްސީލު ހިމަނަންޖެހެއެވެ.

އީއޯއައި ހުށަހަޅަންޖެހޭ ސުންގަޑައަކީ ޖުލައި 16 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. ހުށަހެޅުންތައް ފޮނުވަން ޖެހޭނީ [email protected] މެދުވެރިކޮށް އޮންލައިންކޮށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments