ފަސް ޓީމާއެކު، ލ. ގަން ޑަބްލިއުޑީސީ ހޭންޑް ބޯލް މުބާރާތް މިއަދު ފަށަނީ

5 Team aa eku, L. Gan WDC Handball mubaaraiy miadhu fashany

ފަސް ޓީމާއެކު، ލ. ގަން، ޑަބްލިއުޑީސީ ހޭންޑް ބޯލް މުބާރާތް މިއަދު ފަށާނެ އެވެ.

މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ގޯޅި ސްޕޯޓްސް ކްލަބް، ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ، ކިއުއެމް ސްޕޯޓްސް އެކަޑަމީ، ކޭއެޗްޓީ އަދި ލަސާ ނިއު ޖެނެރޭޝަން އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ގޯޅިން ނުކުންނާނީ ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީއާ ދެކޮޅަށެވެ. މި މެޗު ފަށާނީ މިރޭ 08:15 ގައެވެ.

ދެވަނަ މެޗުގައި މިރޭ ކިއުއެމް ސްޕޯޓްސް އެކަޑަމީ ނުކުންނާނީ ކޭއެޗްޓީއާ ދެކޮޅަށެވެ. އެ މެޗު ފަށާނީ 21:30 ގައެވެ.

މި މުބާރާތުގެ މެޗުތައް ކުޅޭނީ މާހިންނަ ފުޓްސަލް ދަނޑުގަ އެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 10 ވަނަ ދުވަހުގެ ރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments