ޗައިލްޑް ކެއަރގެ ޚިދުމަތް ލ.ގަމުގައި ފަށަނީ

ތުއްތުކުދިން ބަލަހައްޓައި ދިނުން (ޗައިލްޑް ކެއަރ) ގެ ޚިދުމަތް ދިނުމަށް ބިޒްކޯ ކިޑްސް ޕްރީސުކޫލުން ތައްޔާރުވެއްޖެއެވެ.

އަންނަ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޚިދުމަތް ހޯދަން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

މި ފުރުޞަތު ހުޅުވާލުމަށް ކުރި އިޢުލާނުގައިވާ ގޮތުން، ޗައިލްޑް ކެއަރގެ ޚިދުމަތް ދެނީ 7 އަހަރުން ދަށުގެ ކުދިންނަށެވެ.

އަދި މި ޚިދުމަތުން ފީ ގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ، މުޅި ދުވަހަށް ޚިދުމަތް ހޯދާ ނަމަ މަހަކަށް 2000 ރުފިޔާއެވެ. އަދި ބައި ދުވަހަށް ޚިދުމަތް ހޯދާ ނަމަ މަހަކަށް 1200 ރުފިޔާއެވެ.

ފީ ނަގާއިރު އެއް ދުވަސް ކަމަށް ބަލަނީ ހެނދުނު 8:15 އިން މެންދުރުފަހު 14:15އަށެވެ. އަދި ބައި ދުވަސް ގޮތުގައި ބަލަނީ 8:15 އިން 11:15 އަށް ނުވަތަ 11:15އިން 14:15އަށެވެ.

ޗައިލްޑް ކެއަރގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހަފުތާގެ ދުވަސްތަކުން އާދީއްތަ އިން ފެށިގެން ބުރާސްފަތި ދުވަހަށެވެ.

ތުއްތު ކުދިން ގެންގުޅޭ ވަޒީފާ އަދާ ކުރާ ބެލެނިވެރިންނަށް ބިޒްކޯ އިން ހުޅުވާލި މިއީ ރަނުގެ  ފުރުޞަތެކެވެ.

ބިޒްކޯ ކިޑްސް ޕްރީސްކޫލަކީ މިހާރު ވެސް ބޭބީ ނާސަރީ އަދި ނާސަރީއަށް ކިޔަވައިދެމުން އަންނަ، އަމިއްލަ ފަރާތަކުން ހިންގާ ޕްރީސުކޫލެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
ކަލީމް
ކަލީމް
9 months ago

ގޭގައި އެކަހެރިކޮށް ކުދިން ބައިތިއްބާފަ ވަޒީފާއަށް ދާ ހުރިހާ މައިންބަފައިންނަށްވެސް ލިބުނު ވަރަށް އަގުހުރި ފުރުޞަތެއް